ރާއްޖޭގައި ކުރިއަށްދާ ލިނިން މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖް ބެޑްމިންޓަން މުބާރާތުގައި ރާއްޖެއިން އެންމެ ދުރަށް ދިޔަ ދެ ޕެއާވެސް ގަދަ 16 އިން ކަޓައިފިއެވެ.
މި ފަަހަރުގެ އިންޓަނޭޝަނަލް ޗެލެންޖްގައި ރާއްޖޭން އެންމެ ދުރަށް ދަތުރުކުރީ މިކްސް ޑަބަލްސްގެ ގައުމީ ޗެމްޕިއަން ޕެއާ ކަމަށްވާ ފާތިމަތު ނަބާހާއާއި ޒަޔާން ޒަކީ އަދި އަންހެން ޑަބަލްސްގެ ގައުމީ ޗެމްޕިއަން ޕެއާ ކަމަށްވާ ނަބާހާއި އައިމިނަތު ނަބީހާގެ ޕެއާއެވެ.
ދެ ޕެއާއިންވެސް ގަދަ 16 ގެ މެޗުތައް އިއްޔެ ކުޅެފައިވާ އިރު، މިކްސް ޑަބަލްސްގައި ޒަޔާނާއި ނަބާހާގެ ޕެއާ ވާދަކުރީ އިންޑިއާގެ ދީޕް ރަމްބިއާ އާއި އަނާގާ އަރަވިންދާ ޕެއާއާއެވެ. އެ މެޗުން، ދީޕް އާއި އަނާގާގެ ޕެއާ ސެޓުތައް ގެންދިޔައީ 21-15، 21-19 އިންނެވެ.
އަންހެން ޑަބަލްސްގެ ގަދަ 16 ބުރުގެ މެޗުގައި ނަބާހާއާއި ނަބީހާގެ ޕެއާ ވަނީ އަނާގާއާއި ރިދީ ކޯރްގެ ޕެއާ އަތުން 21-18، 21-08 އިންނެވެ. އަދި އިއްޔެ ކުޅުނު އަންހެން ޑަބަލްސްގައި ރާއްޖޭގެ ޝުބާ މުހައްމަދު ޝަރީފާއި އައިޝަތު ޒޯޔާ ހުސެއިންގެ ޕެއާ ވަނީ 21-09، 21-10 އިން އިންޑިއާގެ ނިކީ ރަޕްރިއާއާއި ނިޝޫ ރަޕްރިއާގެ ޕެއާ އަތުން ބަލިވެފައެވެ.
އިއްޔެ މުބާރާތުގެ ސިންގަލްސް މެޗުތައްވެސް ކުރިއަށް ގޮސްފައިވާ އިރު، ހަވިރު އަންހެން ސިންގަލްސްގެ ގަދަ 32 ކުޅުންތެރިންގެ ބުރުގައި ނަބީހާ ވަނީ މިޔަންމާގެ ތޭ ހޫތާ ހިޒާރްއާ ވާދަކޮށް، 21-05، 21-08 އިން ބަލިވެފައެވެ. އެބުރުގައި އިންޑޮނީޝިއާގެ ޔޫލިއާ ޔޯސެފީން ސުސާންޓޯ އަތުން ރާއްޖޭގެ ޝުބާ މުހައްމަދު ޝަރީފް ބަލިވީ 21-05، 21-08 އިންނެވެ.
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް