2300 އަހަރު ވެފައިވާ ގަހަކަށް 5ޖީ ސިގްނަލްގެ ސަބަބުން ގެއްލުންވާކަމަށްބުނެ ލަންކާގައި ތަހުގީގު ފަށައިފިއެވެ.
ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ހުންނަ ބުދު ފައްޅިއެއްގައި ހުރި އެގަހަކީ އެމީހުންގެ ދީނީ ރަމްޒެއްގެ ގޮތުގައި ބަލަމުންދާ ގަހެކެވެ.
ދާދިފަހުން ވަނީ އެގަހަށް ބައްޔެއް ޖެހި ފަތްތައް ކަޅުވުން ފަދަ ގިނަ ކަންތައްތަކެއް ކުރިމަތިވެފައެވެ. އެއާއެކު އެގައުމުގެ ބުޑިސްޓުން ވަނީ އެގަހަށް ގެއްލުން ވަމުން ދަނީ އެހިސާބުގައި ހަރުކޮށްފައިވާ އެންޓެނާތަކުން 5ޖީ ސިގްނަލު ދޫކުރާތީކަމަށް ތުހުމަތުކޮށް ލަންކާގެ ސަރުކާރަށް މައްސަލަ ހުށަހަޅާފައެވެ.
ލަންކާގެ ރައީސް ވަނީ އެމައްސަލަ ބަލައި އެޅޭނެ ފިޔަވަޅުތައް ބެލުމުގެ ގޮތުން ހާއްސަ އެކްސްޕާޓުންގެ ޓީމެއް އެކުލަވާލައި ތަހުގީގު ފަށާފައެވެ. 2300 އަހަރު ވީ އެގަހަށް ގެއްލުން ލިބެނީ 5ޖީގެ ސަބަބުންތޯ ބެލުމަށް އެ ގައުމުގެ ރައީސްގެ ހާއްސަ ޓީމުން ވަނީ ގިނަ ޓެސްޓުތަކެއް ހަދާފައެވެ.
ތަހުގީގު ޓީމުން ވަނީ އެގަސް ހުރި ހިސާބަށް 5ޖީގެ އެއްވެސް ވަރަކަށް ސިގްނަލް ނުލިބޭކަމަށް ބުނެ ތުހުމަތުތައް ދޮގުކޮށްފައެވެ. އަދި އެއީ ބަޔަކު ފަތުރާލި ފޭކު ހަބަރެއް ކަމަށް ބުނެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.