ޚަބަރު

53,954ރ. އަށް ވިއްކާ އެޕަލްގެ ވިޝަން ޕްރޯ ހެޑްސެޓް ދައްކާލައިފި

އެޕަލްގެ ސީއީއޯ ކަމާ ހަވާލުވެ މިދިޔަ 10 އަހަރު ތެރޭގައި އުފެއްދި ފުރަމަތަ އަައު އުފެއްދުން ރޭ ދައްކާލައިފިއެވެ. އެޕަލްގެ ސީއީއޯ ޓިމް ކުކް އެ ކުންފުނީގެ ވީއާރް/އޭއާރް އަށް ދިން ނަމަކީ "ވިޝަން ޕްރޯ" އެވެ. ހަގީގީ ދުނިޔެ އާއި ވާޗްއަލް ދުނިޔެ ވަރަށް ހިތްގައިމުކޮށް ގުޅުވާލަ ދޭނެ އަދި އެހެން ހުރިހާ ވީއާރު އަދި އާރު ތަކާއި ތަފާތު ތަޖުރިބާ އެއް ކޮށްލެވޭނެ ވަރަށް ވެސް ފުރިހަމަ އުފެއްދުމެކެވެ. މިއީ ޓެކްނޮލޮޖީގެ މުޅިން އައު ހަރުފަތަކަށް އިންސާނުން ގެންގޮސްދޭނެ އެންމެ ޒަމާނީ އުފެއްދުމެއްކަމަށް އެޕަލްގެ ސީއީއޯ ދެކެވެ. އަދި މި އުފެއްދުން ތަޒުރިބާ ކޮށްލުމުން އިންސާނާގެ ވިސްނުމާއި އުޅުމާއި ގުޅުމަށްވެސް، ތަފާތުތަކެއް ގެނުވައިދޭނެ އުފެއްދުމަކަށް ވާނެ ކަމަށް ވެސް ކުކް ވިދާޅުވި އެވެ.

އެޕަލް ކުންފުނިން ކޮންމެ އަހަރަކު ބާއްވާ ވޯލްޑް ވައިލްޑް ޑިވެލޮޕާސް ކޮންފަރެންސް (ޑަބްލިއުޑަބްލިއުޑީސީ) ގައި ލޯންޗްކުރި މި އައު އުފެއްދުމުގެ އަގަކީ 3،499 ޑޮލަރު (53,954ރ.) އެވެ. ގިނަ ބަޔަކަށް އެންމެ ބޮޑު ހައިރާން ކަމެއް ލިބުމީ މި އަގުގެ ސަބަބުންނެވެ. އަދި މި ކަމާއި ގުޅިގެން ހިއްސާގެ ބާޒާރުގައި އެޕަލްގެ ކުންފުނީގެ ހިއްސާގެ އަގުވެސް ވަނީ ދަށަށް ގޮސްފައެވެ.

މާކެޓްގައި މިހާރު ހުރި މިފަދަ ޑިވައިސްތަކާ ހިލާފަށް "ވިޝަން ޕްރޯ" ވަކިން ބެޓެރީ އަކާ ގުޅައިގެން ބޭނުން ކުރެވޭ ހެޑްސެޓްކެވެ. މި ހެޑްސެޓަށް އައިފޯން އަދި އެޕަލްގެ ފަހުގެ މެކްބުކް ކޮންޕިއުޓަރުވެސް ގުޅުވާލެވޭނެއެވެ. އަދި ފޯނުގައި ބޭނުން ކުރާ ހުރިހާ އެޕްލިކޭސަނެއް މި ހެޑްސެޓްގެ ތެރެއިން ބޭނުން ކުރެވޭނެވެ.

މި ހެޑްސެޓް ބޮޑަށް ވައްތަރީ "ސްކީ ގޮގްލް" އަކާ އެވެ. މި އުފެއްދުމުގެ މޮޅު ކަމާއި ކުޅަދާނަކަން ތަޒުރިބާ ކޮށްލުމުގެ ފުރުސަތު ލިބިފައި ނެތަސް އެޕްތަކަށް އެކްސެސްވުމާއި ފިލްމު ބަލާލުމަށް 100 ފޫޓަށް ބޮޑު ކުރެވޭ ވަރޗުއަލް ސުކުރީންގެ ފުރުސަތާއި ލިޔެކިޔުންޔައް ލިއުމާއި އެކިއެކި މަސައްކަތްތައް ކުރުމަށް "ވިޝަން ޕްރޯ" އިން އަތާއި ލޮލާއި އަޑު ވެސް ބޭނުން ކުރެވޭނެއެވެ. މި އުފެއްދުން އާންމުކޮށް އެންމެ ފުރަތަމަ ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު ކުރީކޮޅު އެމެރިކާގެ ބާޒާރަށެވެ.

މި އުފެއްދުން ނެރޭ ސީދާ ދުވަސް އަދި ނުބުނި ނަމަވެސް ގިނަ ބަޔަކު ދެކޭ ގޮތުގައި މި ފަދަ އުފެއްދުން ތަކަކީ މާ ގިނަ ބައެއްގެ ސައުޤުވެރިކަން ލިބިފައިވާ އުފެއްދުމަކަށް ނުވާތީ އެޕަލް ކުންފުނީގެ މި އުފެއްދުން ފެއިލްވުމުގެ ބިރު އަދިވެސް އެބަ އޮތެވެ. އެހެން ނަމަވެސް މި އުފެއްދުން އިސްތިހާރުކޮށް އަދި ގިނަ ބަޔަކަަށް ވާާރޗުއަލް ދުނިޔޭގެ ޙަޤީޤީ ފަސޭހަކަން ކިޔައި ދެވިއްޖެ ނަމަ މި އުފެއްދުން ވައިގަ ހިފާފާނެއެވެ. އެހެން ނަމަވެސް އެކަން ކުރަން ބަލާ އިރު މި އުފެއްދުމުގެ އަގު އިންތިހާ އަށް ބޮޑު ވުމަކީ ގިނަ ބައެއްގެ ކަން ބޮޑު ވުމެކެވެ. އެހެން ކަމުން މި އުފެއްދުމަށް ވާނެ ގޮތަކާއި މެދު އަދި އޮތީ ހުސް ސުވާލު ތަކެވެ.

https://www.apple.com/apple-vision-pro/