ޚަބަރު

ފޭދޫގައި އެމްޑީޕީގެ ޖަގަހައެއް ހުޅުވައިފި

އައްޑޫ ސިޓީ ފޭދޫގައި އެމްޑީޕީގެ ޖަގަހައެއް ހުޅުވައިފިއެވެ.

އައްޑޫ ލިންކު ރޯޑުގައި ހުންނަ މި ޖަގަހަ ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އެންމެ އިސް ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހެވެ.

މި ޖަގަހަ ހުޅުވައިދެއްވައި، ރައީސް ސޯލިހާއި ފޭދޫ ދާއިރާގެ މެމްބަރު އަހުމަދު ނިހާދު ވަނީ އެތަނުގައި އެމްޑީޕީގެ ދިދައާއި ގައުމީ ދިދަ ނަންގަވައިދެއްވައިފައެވެ.

އައްޑޫ ފޭދޫގައި އެމްޑީޕީން ހުޅުވި މި ޖަހަގައަކީ އެމްޑީޕީއަށް އައްޑޫ ސިޓީ ކައުންސިލުން ދޫކޮށްފައިވާ ބިމެއްގައި ހެދި ތަނެކެވެ. އެތަނުގައި މީޓިން ރޫމަކާއެކު ސްޓޯރޭޖެއްވެސް ހިމެނެއެވެ.