Close
ޚަބަރު

މާރާމާރީ ހިންގަން އުޅުނު ބަޔަކު ހުއްޓުވައި އެކަކު ހައްޔަރަށް, ފިލި މީހުން ހޯދަނީ

ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު ބަޔަކު ހުއްޓުވައި, ފިލި މީހުން ހޯދަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާއިން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ, ރޭ 11:25 ހާއިރު މަޖީދީ މަގު ޑައިންމޯ ކައިރީގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު މައްސަލާގައި ހައްޔަރުކުރީ 23 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މާރާމާރީ ހިންގަން އުޅުނު ބައެއް މީހުން ފިލިއިރު, އެތަނުން ދެ މީހަކު ފިލާފައިވަނީ އެ މީހުން ދުއްވި ސައިކަލު އެތަނަށް ދޫކޮށްލާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެ ދެ ސައިކަލު ޓޯކޮށް, ފިލި މީހުން ދެނެގަތުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.

މާރާމާރީ ހިންގަން އުޅުނު ދެ ގޭންގެއްގެ ދެމެދުގައިތޯ އަދި މާރާމާރީ ހިންގަން އުޅުނު މީހުންގެ ތެރޭގައި ހިމެނެނީ ކިތައް މީހުންތޯ "ވަން" އިން ފުލުހުންގެ މީޑިއާގައި ސުވާލުކުރުމުން އެކަމަށް އަދި ޖަވާބެއް ދީފައެއް ނުވެއެވެ.