ސްޓޭޖް މަތީގައި އޮތް ވެލިބަސްތާއެއްގައި އަޅައިގަނެ ބައިޑަން ވެއްޓިއްޖެއެވެ.
މިކަން ހިނގީ އެމެރިކާގެ އެއާފޯސް އެކަޑެމީގެ ގްރެޖުއޭޝަން ރަސްމިއްޔާތުގައި ވާހަކަފުޅުދެއްކެވުމަށްފަހު ޕޯޑިއަމް ދޫކުރައްވައި ހިންގަވައިވަޑައިތް ވަގުތުއެވެ.
ބައިޑަން ވެއްޓުނު މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާއިރު ވީޑިއޯއިން ފެންނަގޮތުން ބައިޑަން ވެއްޓުމާއެކު ސިފައިންގެ އެހީގައި ވަނީ ތެދުވެވަޑައިގެންފައެވެ. އަދި ހިންގަވާފައި ވަޑައިގެން އިށީނދެވަޑައިގަންނަވާ މަންޒަރު ފެނެއެވެ.
ވައިޓް ހައުސްގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ބެން ލަބޯލްޓް ވަނީ ރައީސް ބައިޑަންގެ ހާލުކޮޅު ރަނގަޅުކަމަށް ވިދާޅުވެފައެވެ.
އުމުރުފުޅުން 80 އަހަރުގެ ބައިޑަން އަކީ އެމެރިކާގެ ރައީސް ކަމަށް ފިޓު ބޭފުޅެއް ނޫންކަމަށް އެގައުމުގެ އިދިކޮޅު ރިޕަބްލިކަން ޕާޓީން ވަނީ ބުނެފައެވެ.