ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ދޮޅު ލައްކަ ރުފިޔާގެ މުދާ ހަވާލުކޮށް ތަނަކަށް ގެންދަން ބުނުމުން ފިލި ޓެކްސީއެއް ފުލުހުން ހޯދައިފިއެވެ.

ފުލުހުން ބުނީ އިއްޔެ ހަވީރު ވީއައިއޭގެ ޓެކްސީ ކިއުއިން ނެގި ކާރަކަށް އެރުވި 150،000 ރުފިޔާގެ އިލެކްޓްރޯނިކްސް ސާމާނު، ގެންދަންޖެހޭ ހިސާބަށް ނުގެންދާ ކަމަށް އެ މުދަލުގެ ވެރިފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި މާފަންނު ޕޮލިހުން އެ ޓެކްސީ ހޯދުމަށްފަހު އެ މުދާ އޭގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ބުންޏެވެ.

އެ ޓެކްސީ ހޯދީ ސީސީޓީވީ ކެމެރާ ބަަލައިގެން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ އެ މައްސަލައިގައި ޓެކްސީ ޑްރައިވަރު ހައްޔަރުނުކުރާ ކަމަށާއި ނަމަވެސް އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.