Close
ދުނިޔެ

ފިޔަވަޅުތައް އުވާލައި އިޓަލީން ސައުދީއަށް ހަތިޔާރު ވިއްކުމުގެ ހުއްދަ ދީފި

މުހައްމަދު އައުޒަމް

ފިޔަވަޅުތައް އުވާލައި އިޓަލީން ސައުދީއަށް ހަތިޔާރު ވިއްކުމުގެ ހުއްދަ ދީފިއެވެ.

އިޓަލީން ސައުދީއަށް އަޅާފައިވާ ފިޔަވަޅު އުވާލަން ނިންމާފައި ވަނީ އިޓަލީގެ ފޮރިން އެންޑް ޑިފެންސް ޕޮލިސީގެ ދަށުންނެވެ. އެ ގައުމުގެ ބޮޑުވަޒީރު ޖިއޯޖިއާ މެލޯނީ ވަނީ ރަސްމީކޮށް އެކަން އިއުލާން ކޮށްދެއްވައިފައެވެ.

ޔަމަނާއި ސައުދީއާ ދެމެދު ހިނގައި ދިޔަ ހަމަނުޖެހުމުގެ ތެރެއިން އިޓަލީން ވަނީ 2019 ވަނަ އަހަރު ސައުދީއަށް އެއްވެސް ބާވަތެއްގެ ހަތިޔާރު ނުވިއްކަން ނިންމައި ފިޔަވަޅު އަޅައިފައެވެ.

އިޓަލީ ސަރުކާރުން މިހާރު ވަނީ އެފިޔަވަޅު އަޅާފައި ބޭއްވުމުގެ އެއްވެސް މާނައެއް ނެތް ކަމަށް ބުނެފައެވެ.

ދެހާސް ބާވީސް ވަނަ އަހަރުން ފެށިގެން ޔަމަނުގެ މަޝްރަހު ފިނިވެފައިވާ އިރު، އިޓަލީން ވަނީ އެ ގައުމުން ސައުދީއަށް ހަތިޔާރު ވިއްކި ނަމަވެސް އޭގެން ނާޒާއިޒު ފައިދާއެއް ނުހިފާނެކަން ޔަގީން ކަމަށް ބުނެފައެވެ.