Close
ޚަބަރު

ބީއެމްއެލް ކިޑްސް ސޭވާ އެކައުންޓެއް ހުޅުވައިގެން 5000 ރުފިޔާ ހޯދުމުގެ ފުރުސަތު

މުހައްމަދު ޖަމްޝަތް ވަހީދު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ކިޑްސް ސޭވާ އެކައުންޓް ހުޅުވާ ފަރާތްތަތަކަށް އާ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ބީއެމްއެލް އިން މި ޕްރޮމޯޝަން ފެށީ މިއަދުއެވެ. މި ޕްރޮމޯޝަން ކުރިޔަށްދާނީ އަންނަ މަހުގެ 10 ގެ ނިޔަލަށެވެ.

ބޭންކުން މިއަދު ބުނީ މި ޕްރޮމޯޝަން ކުރިޔަށްދާ މުއްދަތުގައި ލަކީޑްރޯ މެދުވެރިކޮށް ހޮވޭ 20 ފަރާތެއްގެ ކިޑްސް ސޭވާ އެކައުންޓަށް 5000 ރުފިޔާ ޖަމާކޮށްދޭނެ ކަމަށެވެ. އަދި އަހަރު ނިމޭއިރު އެކްޓިވް އެކައުންޓްތަކުގެ މެދުގައި ނެގޭ ގުރުއަތުން 20 ފަރާތެއްގެ ކިޑްސް ސޭވާ އެކައުންޓަށް 2،500 ރުފިޔާ ޖަމާކުރެވޭނެ ކަމަށް ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން ބުނީ ކިޑްސް ސޭވާ އެކައުންޓު ހުޅުވުމަށް ކިއުބީ އެޕް މެދުވެރިކޮށް ޓޯކަން ނަންބަރެއް ނެގެމަށްފަހު އެންމެ ކައިރި ބްރާންޗަށް ނުވަތަ މާލޭގައި ނަމަ، އެކައުންޓް އޯޕަނިން ސެންޓަރު އަދި ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗްގައި އެކަމަށް ހާއްސަކޮށްފައިވާ ކައުންޓަރުތައް މެދުވެރިކޮށް އެ ހިދުމަށް ލިބޭނެ ކަމަށެވެ.