ސައުދީގެ ފުރަތަމަ އަންހެން އެސްޓްރޮނޯޓް އެނބުރި ދުނިޔެއަށް އަތުވެއްޖެއެވެ.
ސައުދީ އަރަބިއްޔާގެ ރައްޔާނާ ބާނަވީގެ އިތުރުން ތިން އެސްޓްރަނޯޓަކު ވަނީ 10 ދުވަހުގެ ރިސާޗް މިޝަން އަކަށް ބައިނަލްއަގުވާމީ ޖައްވީ އުޅަނދު (އައިއެސްއެސް) އަށް ކުރިދަތުރު ނިންމާލައި ސްޕޭސް އެކްސްގެ ކްރޫ ޑްރެގަން ކެޕްސޫލެއްގައި އެނބުރި އައިސްފައެވެ.
ފްލޮރިޑާގެ ޕަނަމާ ސިޓީގެ އައްސޭރިފަށަށް ޖެއްސި އެ ކެޕްސޫލުގައި ރައްޔާނާގެ އިތުރުން ސައުރީގެ އެހެން އެސްޓްރަނޯޓަކާއި އެމެރިކާގެ ދެ އެސްޓްރަނޯޓަކު ވަނީ އެނބުރި ދުނިޔެއަށް އައިސްފައެވެ.
ސްޕޭސް އެކްސް އިން ވަނީ އެމީހުން ދަތުރުކުރި އުޅަނދު މޫދުގައި ޖެއްސި މަންޒަރު ވަގުތުން ދައްކާފައެވެ.
ރައްޔާނާ ވަނީ ސައުދީ އިން ދުނިޔޭގެ ޖައްވީ މިޝަނެއްގައި ދަތުރުކުރި ފުރަތަމަ އަންހެނާގެ ޝަރަފު ހޯދައިފައެވެ.
ދުނިޔޭގެ ޖައްވީ މިޝަނެއްގައި އެންމެ ފުރަތަމަ ބައިވެރިވެފައިވާ އަރަބި އަންހެނަކީ މިސްރުގެ ސާރާ ސަބްރީ އެވެ. އޭނާ ވަނީ ޖެފް ބެޒޮސްގެ ބްލޫ އޮރިޖިން އެސްޓްރޯ ޓުއަރިސްޓް މިޝަން ގައި ޖައްވަށް ދަތުރުކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ