ދިރާގުން ޕޯސްޓްޕެއިޑްގެ ދެ ޕްލޭނަކަށް ބަދަލު ގެނެސް، އަޕްގްރޭޑްކޮށްފިއެވެ.

ދިރާގުން މިއަދު ބުނީ ޕޯސްޓްޕެއިޑް ޕްލޭންތަކަށް ގެނައި ބަދަލުތަކާއެކު ކަސްޓަމަރުންނަށް އިތުރު އަގަކާ ނުލައި ގިނަ ޑޭޓާ ލިބި، އެފަރާތްތަކުގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކުރެވޭނެ ކަމަށެވެ.

އެގޮތުން ދިރާގުން ބަދަލު ގެނައި ދެ ޕެކޭޖަކީ ޕޯސްޓްޕެއިޑް 1،000 އާއި ޕޯސްޓްޕެއިޑް 1،700 އެވެ.

ޕޯސްޓްޕެއިޑް 1،000 އިން މިހާރު 40 ޖީބީ ކޯ ޑޭޓާއާ އެކު "ލިމިޓްލެސް" ސޯޝަލް މީޑިއާ ޑޭޓާ، ހިލޭ އެސްއެމްއެސް އަދި ދިރާގުގެ ހުރިހާ ނަމްބަރުތަކަށާއި އެހެނިހެން ލޯކަލް ނެޓްވޯކަށްވެސް ހިލޭ ގުޅާލެވޭނެއެވެ.

ޕޯސްޓްޕެއިޑް 1،700 އިން 100 ޖީބީ ކޯ ޑޭޓާއާ އެކު "ލިމިޓްލެސް" ސޯޝަލް މީޑިއާ ޑޭޓާ، ހިލޭ އެސްއެމްއެސް އަދި ދިރާގުގެ ހުރިހާ ނަމްބަރުތަކަށާއި އެހެނިހެން ލޯކަލް ނެޓްވޯކަށްވެސް ހިލޭ ގުޅާލެވޭނެއެވެ.

ދިރާގުން ބުނީ އެ ޕްލޭންތަކަށް ދިރާގު އެޕް މެދުވެރިކޮށް އަޕްގްރޭޑް ކުރެވޭނެ ކަމަށެވެ. އަދި ޕްލޭންތަކާ ބެހޭ ގޮތުން އިތުރު މައުލޫމާތު ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.

ދިރާގުން ބުނީ އެ ކުންފުނިން މަސައްކަތް ކުރަމުންދަނީ ތަފާތު ގިނަ އާ އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދީ އިތުރު މަންފާ ލިބޭނެ ގޮތް މަގުފަހިކޮށްދިނުމަށް ކަމަށެވެ.