އިނގިރޭސި ޕްރިމިއާ ލީގުގެ މި ސީޒަނުގެ ފަހު މެޗުތަކުގެ ނަތީޖާއާއެކު ލީޑްސް ޔުނައިޓެޑާއި ލެސްޓާ ސިޓީ ރެލިގޭޓް ވެއްޖެއެވެ.
މިރޭގެ މެޗުތަކަށް ނުކުތް އިރު، ސައުތުހެމްޓަން މާ ކުރިންވެސް އޮތީ މި ސީޒަނުގެ ޕްރިމިއާ ލީގުން ރެލިގޭޓް ވެފައެވެ. ދެން އޮތް ދެ ޖާގައިން ރެލިގޭޓްވުމުގެ ބިރު އޮތީ އެވަޓަން އާއި ލެސްޓާ އަދި ލީޑްސްއަށެވެ. މިރޭ ލެސްޓާއިން ކުޅުނު މެޗުގައި 2-1 އިން ވެސްޓް ހަމް ބަލިކުރި ނަމަވެސް، އެޓީމަށް ސަލާމަތް ނުވެވުނީ އެވަޓަންއިން އަމިއްލަ ދަނޑުގައި 1-0 އިން ބޯންމައުތު ބަލިކުރުމުންނެވެ.
ލީޑްސްއިން މިރޭ ކުޅުނު މެޗުގައި ޓޮޓެންހަމް ކައިރިން 4-1 އިން ބަލިވެފައިވާ އިރު، އެނަތީޖާއާއެކު އެޓީމަށް ލިބުނީ ތާވަލުގެ 19 ވަނައެވެ. އެއީ 38 މެޗުން 31 ޕޮއިންޓާ އެކުގައެވެ. ލެސްޓާއަށް 18 ވަނައިގައި 38 މެޗުން 34 ޕޮއިންޓް ލިބިފައި އޮތް އިރު، އެވަޓަން މި ސީޒަނުގައިވެސް ސަލާމަތްވީ ކިރިޔާއެވެ. އެޓީމަށް މިރޭގެ މޮޅާއެކު ލިބިފައިވަނީ 38 މެޗުން 36 ޕޮއިންޓެވެ.
މިރޭ އެވަޓަންއިން ސަލާމަތްވި މެޗުގައި، އަމިއްލަ ދަނޑުގައި ގޯލު ޖެހީ އަބްދުލްﷲ ޑަކޫރޭއެވެ. ލެސްޓާއިން ވެސްޓް ހަމްއާ ދެކޮޅަށް ކުޅުނު މެޗު އަމިއްލަ ދަނޑުގައި މޮޅުވި އިރު، އެ މެޗުގައި ލެސްޓާގެ ގޯލުތައް ޖަހައިދިނީ ހާވީ ބާންސް އާއި ވޯޓް ފައެސްއެވެ. ވެސްޓް ހަމްގެ ގޯލު ޖެހީ ޕަބްލޯ ފޮނާލްސްއެވެ.
މިރޭ ލީޑްސް ކޮޅަށް ޓޮޓެންހަމްގެ ގޯލުތައް ޖެހީ ހެރީ ކޭންއާއި ޕެޑްރޯ ޕޯރޯގެ އިތުރުން ލޫކަސް މޯރާއެވެ. ކޭން މެޗުގައި ދެ ގޯލު ޖެހި އިރު، ލީޑްސްގެ ހަމައެކަނި ގޯލު ޖެހީ ޖެކް ހެރިސަންއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު