އެމްޑަބްލިޔުއެސްސީގެ ޗެއާމަންކަމުން އަހުމަދު މައުސޫމް އިސްތިއުފާ ދެއްވައިފިއެވެ.
އެ ކުންފުނީގެ ޗެއާމަން ކަމަށް މައުސޫމް އައްޔަނުކުރީ 6 ފެބްރުއަރީ 2019 ގައެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި މައުސޫމް އިސްތިއުފާދެއްވީ މިއަދެވެ. މައުސޫމަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ ބޭފުޅެކެވެ. އޭނާ ވަނީ ނަޝީދު އިސްވެ ހުންނަވައި އުފަދަވަން އުޅުއްވާ "ދަ ޑިމޮކްރެޓްސް" އަށް ސޮއިވެސް ކުރައްވައިފައެވެ.
މައުސޫމް އިސްތިއުފާދެއްވި އިރު، ސަރުކާރުގައި ތިއްބެވި ސިޔާސީ މުވައްޒަފުންގެ ތެރެއިން "ދަ ޑިމޮކްރެޓްސް" އަށް ތާއީދުކުރައްވާ ބޭފުޅުން ދަނީ މަގާމުން ވަކިކުރަމުންނެވެ.
"ދަ ޑިމޮކްރެޓްސް" އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދިނީ މިދިޔަ ބުދަ ދުވަހުއެވެ. ސިޔާސީ ޕާޓީ އުފެއްދުމަށް ބޭނުންވާ 3،000 މެންބަރުން ހަމަކުރުމުގެ މަސައްކަތް މިހާރު ޑިމޮކްރެޓްސްއިން އަންނަނީ ކުރަމުންނެވެ
ޚަބަރު
ޚަބަރު
ޚަބަރު