ޚަބަރު

ހުޅުމާލޭގައި ކުޑަކުއްޖަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

ހުޅުމާލޭގައި ކުޑަކުއްޖަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ފުލުހުން ދެންމެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ހުޅުމާލޭ ފޭސް ދޭއްގައި މާރާމާރީއެއް ހިންގާފައިވާ ކަމުގެ ރިޕޯޓު މިއަދު ހަވީރު 5:20 ހާއިރު ލިބިފައިވާ ކަމަށެވެ.

މި މާރާމާރީގައި 18 އަހަރުން ދަށުގެ ކުއްޖަކަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.

"ސީރިއަސް އަނިޔާއެއް ލިބިފައިނުވާކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތުދޭ،" ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ތޫނު އެއްޗަކުން ހަމަލާދީފައިވަނީ އެ ކުއްޖާގެ ބުރަކައްޓަށެވެ. އެ ކުއްޖާއަށް ތޫނު އެއްޗަަކުން ހަމަލާދީފައިވަނީ ހިޔާގެ ދިހަވަނަ ޓަވަރުގައެވެ.