Close
ވިޔަފާރި

އުރީދޫ ޕަބްޖީ ޗެމްޕިއަންޝިޕްގެ ވައިލްޑް ކާޑް ބުރުގައި ބައިވެރިވުމަށް ހުޅުވާލައިފި

އުރީދޫ މޯލްޑިވްސް ޕަބްޖީ ޗެމްޕިއަންޝިޕްގެ ވައިލްޑް ކާޑް ރައުންޑްގައި ބައިވެރިވުމުގެ ފަހު ފުރުސަތު ހުޅުވާލައިފިއެވެ.

އުރީދޫން މިއަދު ބުނީ ޕަބްޖީ ޗެމްޕިއަންޝިޕްގެ ވައިލްޑް ކާޑަކީ ޕަބްޖީ ޗެމްޕިއަންޝިޕަށް ކޮލިފައިވުމުގެ ފަހުގެ ފުރުސަތު ކަމަށާއި ވައިލްޑް ކާޑްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހުގެ ދަންވަރު 12:00 ގެ ކުރިން http://ore.do/pubgwildcard މެދުވެރިކޮށް ރަޖިސްޓާ ކުރަންވާނެ ކަމަށެވެ.

ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕް ވައިލްޑް ކާޑަކީ ޖޫން މަހު ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ޕަބްޖީ ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދޭ އެންމެ ފަހުގެ ކޮލިފައިން ޓޯނަމަންޓު ކަމަށް އުރީދޫން ބުންޏެވެ.

އަންނަ ހުކުރު ދުވަހު ބާއްވަން ހަމަޖެހިފައިވާ އެ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކުން ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 250 ރުފިޔާގެ އިތުރުން ޓީމް މެމްބަރުންގެ މައުލޫމާތާއި ޓީމް ލޯގޯ އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ހުށަހަޅަންވާނެ ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕަކީ 100،000 ރުފިޔާގެ ޕްރައިޒް ޕޫލަކާ އެކު ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ޕަބްޖީ މުބާރާތެވެ.

މިދިޔަ އަހަރުން ފެށިގެން ކޮންޓެންޑާ ކޮލިފައިން ސިލްސިލާއެއް ބާއްވައި މިހާރު ވަނީ ނުވަ ޓީމަކުން އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ޖާގަ ހޯދައިފައެވެ. އެ މުބާރާތުގައި ޖުމްލަ 16 ޓީމުން ވާދަކުރާ އިރު، ވައިލްޑް ކާޑްގައި ވާދަ ކުރާ ޓީމުތަކުގެ ތެރެއިން އެންމެ ގަދަ ހަތް ޓީމަކަށް ބާކީ ޖާގަތައް ލިބިގެންދާނެއެވެ.