ހުޅުމާލެއިން ކުޑަކުއްޖަކު ގެއްލިގެން ރިޕޯޓްކުރުމުން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން، ވީނުވީ ތަނެއް ނޭނގިގެން ހޯދަމުންދަނީ ޅ. ކުރެންދޫ/ ހުދުފަޅު، އަބްދުއްނާފިއު އިބްރާހިމް (17އ) އެވެ. އެ ކުއްޖާ ގެއްލިގެން އާއިލާއިން ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށް ރިޕޯޓްކޮށްފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށްވެސް ބުންޏެވެ.
ފުލުހުން ބުނީ، ނާފިއު ގެއްލިގެން ރިޕޯޓްކުރުމާ ގުޅިގެން ކަމާ ގުޅުންހުރި ފަރާތްތަކަށް އެކަމުގެ މައުލޫމާތު ފޯރުކޮށް، ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން ކުއްޖާ ފެނިފައިނުވާ ކަމަށެވެ.
ފުލުހުން ވަނީ ނާފިއުއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ހުޅުމާލެ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9310707 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅައި ހިއްސާކުރުމަށް އެދިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު