Close
ޚަބަރު

ބައިނަލްއަގުވާމީ ސައި ދުވަސް ފާހަގަކުރަން އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ހާއްސަ ހަރަކާތްތަކެއް

ބައިނަލްއަގުވާމީ ގޮތުން ކޮންމެ އަހަރެއްގެ މެއި 21ގައި ފާހަގަކުރާ ސައި ދުވަހާ ގުޅިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ހާއްސަ ހަރަކާތްތަކެއް މިއަދު ކުރިއަށްގެންދަން ނިންމައިފިއެވެ.

"ޓީ ވިތް ރަސަލްހޮބުސް"ގެ ނަމުގައި ކުރިއަށް ގެންދާ އެ ހަރަކާތް އިރުއޮއްސި ހަޔަކާ ހަމައަށް ކުރިއަށްގެންދަން ނިންމާފައިވާއިރު، އެ ހަރަކާތުގެ ތެރެއިން އެކި ރަހަތަކުގެ ސައިގެ ރަހަ ބަލާލުމުގެ ފުރުސަތު ލިބޭނެއެވެ.

އޭގެ އިތުރުން އެސްޓީއޯއިން ވިއްކާ ޔޫކޭގެ މަގުބޫލު ބްރޭންޑް، ރަސަލްހޮބްގެ އުފެއްދުންތަކުން ހާއްސަ ޑިސްކައުންޓެއް ލިބޭނެއެވެ. އެ އޮފާ އެއް ހަފުތާއަށް ކުރިއަށް ދާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

ރަސަލްހޮބުސްގެ އޮތަރައިޒްޑް ޑިސްޓިރިބިއުޓާއަކީ އެސްޓިއޯއެވެ. އަދި އެ ކުންފުނިން ރަސަލްހޮބުސްގެ އުފެއްދުންތަކުން އެއް އަހަރުގެ ވޮރެންޓީއެއް ދެއެވެ.

އެސްޓީއޯއިން ސައި ދުވަސް ފާހަގަކުރަނީ ލީސިން ޕާޓްނަރުންގެ ގޮތުގައި ހަރަކާތްތެރިވާ އެމްޔޫ ސްޓޯރް، މުޑުވާލި، އޭރީސް އެންޓަޕްރައިޒަސް، ސިމްޑީ، ބާކޭ އަދި ލިލީ އާއެކުއެވެ.