ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ން ވާއު ކިޑްސް ރަން ބާއްވައިފިއެވެ.

ބީއެމްއެލްގެ ވާއު ކިޑްސް ރަން ބާއްވާފައިވަނީ ޓޯޓަލް ފިޓްނަސް ގްރޫޕު (ޓީއެފްޖީ)އާ ގުޅިގެންނެވެ. އެ ދުވުން ބާއްވާފައިވަނީ އިއްޔެ ހެނދުނު ހުޅުމާލާގެއެވެ.

އެ ދުވުމުގައި ތިން އަހަރާއި ފަސް އަހަރު ދެމެދު ކުދިން އެއް ކިލޯ މީޓަރަށް، ހަ އަހަރާއި އަށް އަހަރުގެ ކުދިން ދެ ކިލޯމީޓަށް އަދި ނުވަ އަހަރާއި 11 އަހަރުގެ ދެމެދުގެ ކުދިން ތިން ކިލޯމީޓަށް ދުވެފައިވާކަމަށް ބީއެމްއެލުން ބުންޏެވެ.

ބީއެމްއެލުން ބުނީ އެ ދުވުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މުހިންމުކަން ކުޑަކުދިންނަށް އުނގަންނައިދިނުމުގެ ބޭނުމުގައި ބޭއްވި ދުވުމެއް ކަމަށެވެ.

ދުވުމުގައި ބައިވެރިވެ ކޮންމެ ކުއްޖަކު ވެސް ދުވުން ނިންމި ވަގުތު މެޑަލެއް ދީފައިވާނެ ކަމަށާއި ބީއެމްއެލް ވާއު ކިޑްސް ރަން އަކީ ގިނަ އަދަދެއްގެ ކުޑަކުދިންގެ ތަރުހީބު ލިބޭ ދުވުމެއްކަމަށް ބީއެމްއެލުން ބުންޏެވެ.