ހަތަރު މީހުން އަރުވައިގެން މާލޭ މަޖީދީމަގުގައި ސައިކަލު ދުއްވި ބިދޭސީއަކަށް ފުލުހުން މިއަދު ފިޔަވަޅު އަޅައިފިއެވެ.
މި މައްސަލައިގައި ފުލުހުން މިއަދު ބުނީ ދެ މީހުނަށް ވުރެ ގިނަ މީހުން އަރުވައިގެން ސައިކަލު ދުއްވި މީހަކު ފުލުހުން މިއަދު ހުއްޓުވާފައިވާ ކަމަށެވެ. އަދި ސައިކަލު ދުއްވަން އިން ބިދޭސީ މީހާއާ މެދު ޓްރެފިކް ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މަޖީދީ މަގުން ސައިކަލެއްގައި ހަަތަރު މީހުން ދަތުރު ކުރާ މަންޒަރު ފެންނަ ވީޑިއޯ ވެސް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ ސައިކަލުގެ ކުރީގައި ކުޑަކުއްޖަކު އިންއިރު، ސައިކަލު ދުއްވަން އިނީ ފިރިހެނެކެވެ. އަދި ފަހަތުގައި އަންހެނަކު އިންއިރު، އޭނާގެ އުނގުގައި ކުޑަކުއްޖަކު އިނެވެ.
މިފަދަ މައްސަލައެއް މީގެ ކުރިން ވެސް ވަނީ ފެންމަތިވެފައެވެ. އެފަހަރު ވެސް ހަތަރު މީހުން އަރުވައިގެން ސައިކަލު ދުއްވާފައި ވަނީ ބިދޭސީއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު