އޭޝިއާގެ އެންމެ ކުރިއަރާފައިވާ އެއް ހޮސްޕިޓަލިޓީ ގްރޫޕް ކަމަށްވާ ތައިލެންޑްގެ އޮނެކްސް ހޮސްޕިޓަލިޓީ ގްރޫޕުން ރާއްޖޭގައި ތަރައްގީކުރަމުން އަންނަ ރާޔާ މޯލްޑިވްސް އަންނަ އޮގަސްޓު މަހު ހުޅުވަން ތައްޔާރުވެއްޖެއެވެ.
މިއީ އޮނެކްސް ހޮސްޕިޓަލިޓީ ގްރޫޕުގެ ލަގްޒަރީ ބްރޭންޑް ކަމަށްވާ އަމާރީގެ ދަށުން ރާއްޖޭގައި ހުޅުވާ ދެވަނަ ރިސޯޓެވެ. އޮނެކްސް އިން އިއުލާނުކޮށްފައިވާ ގޮތުގައި މި ރިސޯޓު އަންނަ އޮގަސްޓު މަހު އެއްވަނަ ދުވަހުން ފެށިގެން ފަތުރުވެރިންނަށް ހުޅުވާލާނެއެވެ.
ރ. ކުޑަކުރަތުގައި ތަރައްގީކުރަމުން އަންނަ ފަސްތަރީގެ މި ރިސޯޓުގައި ޖުމްލަ 187 ވިލާ ހުރެއެވެ. އޭގެ އިތުރުން ހަތް ރެސްޓޯރަންޓާއި ސްޕާއަކާއި ކިޑްސް ކްލަބެއްވެސް ހުންނާނެއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސީޕްލޭން އެއްގައި އަމާރީ ރާޔާ މޯލްޑިވްސްއަށް ދެވޭނީ 45 މިނެޓުންނެވެ.
އަމާރީ ބްރޭންޑްގެ ދަށުން ރާއްޖޭގައި ތަރައްގީކުރި ފުރަތަމަ ރިސޯޓަކީ ހުވަދު އަތޮޅުގައި ހިންގަމުން އަންނަ "އަމާރީ ހަވޮއްޑާ" ރިސޯޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު