މާލެއިން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެއެވެ.

ގެއްލިގެން ހޯދަމުން ގޮސްފައިވަނީ ދ. ކުޑަހުވަދޫ / ދިލްކަޝްވިލާ، އަލީ އާތިފް ސާފީ (30އ) އެވެ.

ފުލުހުން ބުނި ގޮތުގައި މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން އާތިފްގެ ހަބަރެއް ނުވެގެން އޭނާގެ އާއިލާގެ ފަރާތުން ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ.

ފުލުހުން ދެންމެ ބުނީ، އާތިފް މާލެއިން ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އާތިފް ގެއްލިގެން ހޯދަން ފެށީ އޮފް ދުވަހަށް މާލެ އައިފަހުން ފަހު ހަބަރެއް ނުވެގެންނެވެ.