Close
ޚަބަރު

މިދިޔަ މަހު ޑެންގީ ޖެހިގެން 320 ކޭސް ރިޕޯޓްކުރި

ޑޭންގޫ އާއި ވައިރަލް ފީވާ ޖެހިގެން ރިޕޯޓް ކުރާ އަދަދު އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން އިއްޔެ އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން މިދިޔަ އެޕްރީލް މަހު ޑެންގޫ ޖެހިގެން 320 ކޭސް ރިޕޯޓްކޮށްފައިވެއެވެ. މިއަހަރުގެ މާޗު މަހު 228 ކޭސް ރިޕޯޓު ކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ވައިރަލް ފީވާ ޖެހިގެން މިދިޔަ މަހު 11،603 ކޭސް ރިޕޯޓުކުރި އިރު، މިމަހުގެ މިހާތަނަށް 10،377 މީހަކު ވައިރަލް ފީވާ ޖެހިގެން ރިޕޯޓު ކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

މިއަހަރު ޑެންގޫގެ ކޭސްތައް އެންމެ ގިނައިން ރިޕޯޓު ކޮށްފައިވަނީ ރ، ބ، އދ، މ، ދ، ތ، ލ އަތޮޅު އަދި އައްޑޫ ސިޓީން ކަމަށާއި އެހެން އަތޮޅުތަކުގައި ވެސް ހުން ދަނީ ފެތުރަމުން ކަމަށް އެޗްޕީއޭއިން ބުންޏެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހަކީ އެ އަހަރުގެ އެންމެ ގިނައިން ޑެންގޫ ކޭސްތައް ރިޕޯޓްކުރި މަސް ކަމަށާއި އެގޮތުން 660 ކޭސް ރިޕޯޓު ކުރި ކަމަށެވެ.