އއ.އުކުޅަހަށް ރާ ބާލާ ކަމަށް ބުނާ ސަފާރީ 24 ގަޑިއިރު ތެރޭ އެރަށުގެ ފަޅުތެރެއިން ނެރުމަށް ކޯޓުން އަމުރުކޮށްފިއެވެ.
އުކުޅަހުގެ ފަޅުތެރޭގައި އަޅާފައި އޮންނަ ސަފާރީއަކުން ރާ ވިއްކާކަމަށް ބުނެ އެރަށުގެ ރައްޔިތުން ވަނީ އިހުތިޖާޖުކޮށްފައެވެ. ކައުންސިލް އިދާރާ ދޮރުމައްޗަށް ބޮއްކުރައެއް ވައްދައި ކައުންސިލް އިދާރާގެ ދޮރުވެސް ބަންދުކޮށްފައިއެވެ.
އުކުޅަހު ރައްޔިތުންގެ ކަންބޮޑުވުންތަކާއެކު އެ ސަފާރީ ބޭރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރު ކުރުމަށް ކޯޓު އަމުރަކަށް ވެސް އުކުޅަހު ކައުންސިލުން ފަހުން އެދުނެވެ.
އެ މައްސަލައިގައި އުކުޅަހު މެޖިސްޓްރޭޓް ކޯޓުން ރޭ ނެރުނު އަމުރުގައި ވަނީ 24 ގަޑިއިރުގެ ތެރޭގައި އެ ސަފާރީ އުކުޅަހުގެ ފަޅުން ނެރުމަށެވެ. އެ ގޮތުން މިރޭ 10:00 އެއްގެ ކުރިން އެ ސަފާރީ ނެރެން ޖެހެއެވެ.
ކޯޓު އަމުރުގައިވާ ގޮތުން ސަފާރީ ފަޅުން ބޭރުކުރުން ލަސްކުރެވޭނީ މޫސުން ގޯސްވެ އެލާޓެއް ނެރެފި ހާލަތެއްގައި އެކަންޏެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އެ ސަފާރީއަކީ އުކުޅަހަށް މަރާމާތުކުރުމަށް ވައްދާފައި އޮތް ސަފާރީއެވެ.
ޚަބަރު
ޚަބަރު
ޚަބަރު