މާލޭގެ މައްޗަންގޯޅީގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ، އެ ކުންފުނީގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތްތައް ކުރާތީ މައްޗަންގޮޅީގެ ދަނބުރުއް ގޯޅިއާއި ކަސްތޫރި މަގު އަދި ދަނބުރުއް މަގުން މިއަދު ހެނދުނު ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށެވެ.

އެގޮތުން އެ މަގުތަކުން މިއަދު ހެނދުނު 09:30 އިން 11:30 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯއިން ވަނީ އެ ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފައެވެ.