ޚަބަރު

އދ. ދިއްދޫ ކައުންސިލްގެ ބައި-އިލެކްޝަން އެމްއެންޕީން ކާމިޔާބުކޮށްފި

އދ. ދިއްދޫ ކައުންސިލްގެ ބައި އިލެކްޝަން އެމްއެންޕީގެ ކެންޑިޑޭޓް އަނީސް މުހައްމަދު ކާމިޔާބުކޮށްފި އެވެ.

އެ އިންތިހާބުގައި ވާދަކުރީވެސް އެމްއެންޕީން އެކަންޏެވެ. ދެން ވާދަކުރީ އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓެވެ.

ދިއްދޫ ކައުންސިލްގެ ގޮނޑި ކާމިޔާބުކުރި އެމްއެންޕީގެ އަނީސްއަށް ލިބުނީ 62 ވޯޓެވެ. އަމިއްލަގޮތުން ވާދަކުރެއްވި ރަޝީދާ އާދަމަށް ލިބުނީ 57 ވޯޓެވެ. އެ އިންތިހާބުގައި 119 މީހަކު ވޯޓުލާފައިވެއެވެ.

ދިއްދޫ ކައުންސިލްގެ ގޮނޑި ހުސްވީ އެ ކައުންސިލްގެ މެންބަރަކު އިސްތިއުފާދެއްވުމުންނެވެ. ދިއްދޫއަކީ އދ. އަތޮޅުގައި އެންމެ އާބާދީ މަދު ރަށެވެ.