ޕީޕީއެމް ސެނެޓުގެ ކޮންޓްރޯލް ނަގަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތައް އެ ޕާޓީގެ ނައިބު ރައީސް އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ދޮގުކުރައްވައިފި އެވެ.
ޕީޕީއެމްގެ ސެނެޓުގެ ކޮންޓްރޯލް ނެގުމަށް ޕީޕީއެމްގެ ގިނަ ބަޔަކަށް ސިޓީ ކައުންސިލުން ވަޒީފާ ދޭ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.
ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މޭޔަރު މުއިއްޒު ވިދާޅުވީ، އެފަދަ ކަމެއް ކުރައްވަން އޭނާ ނޫޅުއްވާ ކަމަށެވެ.
"އަޅުގަނޑެއް ނުކުރާނަން (ސެނެޓުގެ ކޮންޓްރޯލް ނަގާކަށް ނޫޅޭނަން) މި ދެންނެވީއެއް ނޫންތޯ. އަޅުގަނޑު ނުކުރަމޭ ސިޔާސީ ބޭނުމެއްގައެއް އަޅުގަނޑުގެ އަމިއްލަ ކަމެއް" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، އޭނާއަކީ މީހުން ދައްކާހާ ވާހަކައެއް ހަގީގަތަކަށްވާ ގޮތަށް ކަންކަން ކުރާ މީހެއް ނޫން ކަމަށާއި ޕްރޮފެޝަނަލް މިންގަނޑު ދޫކޮށްނުލައްވާނެ ކަމަށެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ، ސިޓީ ކައުންސިލަށް މުވައްޒަފުން ނަގަނީ ވަކި ޕާޓީއަކަށް ބެލުމެއް ނެތި ކަމަށެވެ. އަދި ސިޓީ ކައުންސިލްގެ މަސައްކަތްތައް ކުރައްވާނީ ރައްޔިތުންގެ މަންފާއަށް ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު