މ. މުލީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، މިހާރު ހުރި ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތުގެ 70 ޕަސެންޓް ނިމިފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފި އެވެ.
ޖުމުލަ 61.8 މިލިއަން ރުފިޔާގެ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރުގަ އެވެ. މަޝްރޫއު ނިންމަން ދީފައިވާ މުއްދަތަކީ 550 ދުވަހެވެ.
މުލީ ބަނދަރު ހެދުމުގެ މަޝްރޫއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން މިއަދު ބުނީ އެ މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތުގެ 55 ޕަސެންޓްވެސް މިހާރު ނިމިފައިވާ ކަމަށެެވެ.
މި މަޝްރޫއުގެ ދަށުން 33،888 އަކަ މީޓަރުގެ ސަރަހައްދެއްގައި ބަނދަރު ފުންކުރުމާއި 6،254 އަކަ މީޓަރުގެ ސަރަހައްދެއްގައި ނެރު ފުންކުރުމާއި 465 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 89 މީޓަރު ސައަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 497 މީޓަރު ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި ތިން މީޓަރު ފުޅާމިނުގެ ބްރިޖެއް އެޅުމާއި 2،730 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރު ޕޭވްމެންޓް އެޅުމާއި ބަނދަރު ބައްތިއާއި ނެރު ބައްތި ހަރުކުރުން އަދި މޫރިން ބޮއެ ހަރުކުރުން ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު