މިދިޔަ ރޯދަ މަހު އުރީދޫ މޯލްޑިވްސްގެ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކުރިއަށްގެންދިޔަ "ހަދިޔާ ފޮށި" ޕްރޮމޯޝަންގެ ނަސީބުވެރި ކަސްޓަމަރުންނަށް އިނާމުތައް ހަވާލުކޮށްފި އެވެ.
ހަދިޔާ ފޮށީގެ އިނާމުތައް ލިބުނު ފަރާތްތަކަށް އިނާމުތައް ހަވާލުކުރީ މިއަދު އުރީދޫ ހެޑް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދް އަލް ހަމާދީ އާއި ކުންފުނީގެ އިސް ބައެއް މުވައްޒަފުންގެ އިތުރުން ހަދިޔާ ފޮށީގެ އިނާމުތައް ލިބުނު ކަސްޓަމަރުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ބައިވެރިވެފަ އެވެ.
މިއަދު އޮތް ރަސްމިއްޔާތުގައި ސްކޫޕީ ސައިކަލު، ޓީސީއެލް ސްމާޓް ޓީވީ، އެޕަލް ޓީވީ، ކުކިންވެއާ ސެޓް އަދި އެއާ ޓެގް ލިބުނު ކަސްޓަމަރުންނަށް އިނާމުތައް ވަނީ ހަވާލުކޮށްފަ އެވެ. އުރީދޫން ބުނީ އެ ރަސްމިއްޔާތަށް ހާޒިރު ނުވެވުނު ކަސްޓަމަރުންނަށް އިނާމުތައް މިއަދު ހަވާލުކޮށް ނިންމާނެ ކަމަށެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫގެ ސީއީއޯ ހާލިދް އަލް ހަމާދީ ވިދާޅުވީ ހަދިޔާ ފޮއްޓަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށާއި އެ ފަދަ ގޭމެއް ކަސްޓަމަރުންނަށް ތައްޔާރުކޮށް ގެނެސްދިނީ ކަސްޓަމަރުންނަށް އަގުހުރި އިނާމުތަކެއް ދިނުމުގެ ފުރުސަތު ހޯދައިދިނުމަށް ކަމަށެވެ.
"ހަދިޔާ ފޮށި"ގެ ނަމުގައި އުރީދޫން މިދިޔަ ރޯދަމަހު ކުރިއަށްގެންދިޔަ މި ޕްރޮމޯޝަނަކީ އުރީދޫ މޮބައިލް އަދި ސުޕަނެޓް ބޭނުންކުރާ ހުރިހާ ކަސްޓަމަރުންނަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ގޭމެކެވެ. އެގޮތުން މައި އުރީދޫ އެޕްގައިވާ ހަދިޔާ ފޮއްޓަށް ފިތާލުމުން ފެންނަ ހަ ފޮށީގެ ތެރެއިން ކަސްޓަމަރު ބޭނުންވާ ފޮއްޓެއް ހިޔާރުކޮށް ފޯނު ތަޅުވާލުމުން އެކި އިނާމުތައް ވަނީ ލިބަފައެވެ.
ކޮންމެ ކަސްޓަމަރަކަށްވެސް ދުވާލަކު އެއްފަހަރު ހަދިޔާ ފޮށި ހުޅުވުމުގެ ފުރުސަތު ދީފައި އޮތް އިރު ހަދިޔާ ފޮށި ހުޅުވާ ކޮންމެ ފަހަރަކު ސައިކަލާއި، އައިފޯން ޕްރޯ 14 އާއި ޓީވީ، އިންޓަނެޓް ޑޭޓާ އަދި ގިފްޓު ވައުޗަރު ފަދަ އިނާމުތައް ކަސްޓަމަރުންނަށް ވަނީ ލިބިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު