ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާއިން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ، މެމްބަރު ޒަރީރަށް ހަމަލާދިނީ ހެންވޭރުގައި ހުންނަ ހަބީބީ ކެފޭ އެންޑް ބީސްޓްރޯ ތެރޭގައި ހުއްޓާ ކަމަށެވެ.

މިއަދު ހެނދުނު 5:08 ހާއިރު ރިޕޯޓްކުރި އެ މާރާމާރީއާ ގުޅިގެން މެމްބަރު ޒަރީރަށް ލިބުނު އަނިޔާއަށް އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ނަމަވެސް މި ހަމަލާ ދިނީ ކީއްވެގެން ކަމެއް އަދި މެމްބަރު ޒަރީރަށް ލިބިފައިވަނީ ކިހާވަރެއްގެ ޒަހަމެއް ކަމެއް އަދި ނޭނގެއެވެ.