މި ސަރުކާރުން ކުރިއަށް ގެންދާ ފުރަތަމަ ސޯޝަލް ހައުސިން ޕްރޮޖެކްޓްގެ ދަށުން ހަދާ 4،000 ހައުސިން ޔުނިޓްތަކުގެ ތެރެއިން ބަޔަކަށް އޮގަސްޓް މަހު މީހުން ވައްދަން މަސައްކަތް ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފައްޔާޒު ވިދާޅުވީ އޮގަސްޓް މަހުގެ ނިޔަލަށް އަށް ޓަވަރެއްގެ މަސައްކަތް ނިންމައި، މީހުން ވެއްދޭވަރުވާނެ ކަމަށެވެ. އަދި އެހާ ހިސާބަށް ޓަވަރުތަކުގެ ސްޓްރަކްޗާ މަސައްކަތް ނިމޭނެ ކަމަށް ވިދާޅުވިއެވެ.
ހަތަަރުހާސް ހައުސިން މަޝްރޫއުގެ ދަށުން 18 ބުރީގެ 32 ޓަވަރު ހަދާއިރު, ކޮންމެ ޓަވަރެއްގައި ތިން ލިފްޓު ހުންނާނެއެވެ. އަދި ކޮންމެ ޓަވަރެއްގައި އަށް ރެސިޑެންޝަލް ޔުނިޓު ހަދާއިރު، އެންމެ ތިރީ ބުރީގައިވެސް ފިހާރަތަކާއެކު ޕާކިންއަށް ޖާގަ ހަދާނެއެވެ. އިމާރާތުގެ ވަށައިގެންވާ ސަރަހައްދުގައިވެސް ޕާކިން ހަދާނެއެވެ.
މި މަސައްކަތް ހަވާލުކޮށްފައި ވަނީ އިންޑިއާގެ ދެ ކުންފުންޏެއް ކަމަށްވާ ނޭޝަނަލް ބިލްޑިންސް ކޮންސްޓްރަކްޝަން ކުންފުނި (އެންބީސީީސީ)އާއި ޖޭއެމްސީ ޕްރޮޖެކްޓްސް އާ އެވެ. ޑިޒައިންކޮށް, ފައިނޭންސް ކޮށް, އިމާރާތްކުރާ ގޮތަށް އެއިން ކޮންމެ ކުންފުންޏަކުން 2000 ހައުސިން ޔުނިޓު އިމާރާތް ކުރާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު