އެސްއެމްއެސް ކުރުމުގެ ބަދަލުގައި ގިނަ ބަޔަކު މިހާރު ބޭނުން ކުރަނީ ވައިބަރ ނުވަތަ ވަޓްސްއެޕް އެވެ. މި ދެ އެޕްލިކޭޝަންވެސް ބޭނުން ކުރާ މީހުންގެ އަދަދު ބިލިއަނުން މައްޗަށް އަރައެވެ. އެހެން ކަމުން މި ދެ އެޕްލިކޭޝަންގެ މެދުގައި ބޮޑު ވާދަވެރިކަމެއް ވެސް އޮވެއެވެ. އިންޑިއާގައި އެންމެ ގިނަ މީހުން އެކިއެކި ކަަންކަމަށް އެންމެ ގިނަ އިން ބޭނުން ކުރަނީ ވަޓްސްއެޕް އެވެ. އެހެން ނަމަވެސް އެންމެ ފޯނެއްގައި އެންމެ ނަންބަރެއް ބޭނުން ކުރަން ޖެހުމުން ވިޔަފާރި ތަކުގައި ވަޓްސްއެޕް ބޭނުން ކުރާ މީހުން ޝަކުވާ ކުރެއެވެ.
ވައިބަރ އެތައް ކޮމްޕިއުޓަރެއްގައި އެއް ނަންބަރެއް ބޭނުން ކުރާތާ ލައްކަ ދުވަސް ވެއްޖެއެވެ. އެހެން ނަމަވެސް ވަޓްސްއެޕް އިން މި ކަން ކޮށްނުދީ އޮތީ ބާއްވައިފައެވެ. އެހެން ނަމަވެސް މިކަން މިވަނީ ނިމުމަކަށް ގެނެސްފައެވެ. މިހާރު ވަޓްސްއެޕްގެ އެންމެ ނަންބަރެއް އެއްފަހަރާ 4 ފޯނުގައި ބޭނުން ކުރެވޭނެއެވެ. ހަމަގައިމުވެސް އެއް އެކައުންޓަކުން އެތައް ފޯނެއް ބޭނުންކުރެވޭނެ ގޮތް ހެދުމާއެކު ވިޔަފާރިތަކަށް ބޮޑު ފަސޭހައެއް ވާނެއެވެ.
މިދިޔަ އަހަރު ވަޓްސްއެޕް އިން ގެނެސްދިނީ ޕީސީ ފަދަ އެހެން ޑިވައިސްތަކަށް ލޮގިން ކުރެވޭ ގޮތަށް އެ ނަންބަރު ބޭނުން ކުރާ މީހާގެ ފޯނަކީ ވައްތަރެއްގެ ހޯސްޓަކަށް ހެދުމެވެ. މިހާރު އެކަން ފުޅާވަމުން ގޮސް ވަޓްސްއެޕް އިން މިހާރު އެއް ވަޓްސްއެޕް އެކައުންޓަކުން އެއްފަހަރާ އެކި ފޯނުތައް ބޭނުން ކުރުމުގެ ގާބިލުކަން މިވަނީ ތައާރަފު ކޮށްފައެވެ. މި ފީޗާއަކީ މީގެ ކުރިން ވެސް ގިނަ ބަޔަކު ބޭނުން ވެގެން އެކަމަށް ގޮވައި އަޑުތައް ފެތުރިފައިވާ ފީޗާއެއް ނަމަވެސް މިކަން ރަސްމީކޮށް މި ފެށީ އަދި ކިރިޔާއެވެ. ވަޓްސްއެޕް އިން ބުނާ ގޮތުގައި އެންޑްރޮއިޑް އަދި އައިފޯން އައިއޯއެސް އިން ވެސް މި ހިދުމަތަށް ލިންކް ކުރެވޭނެ އެވެ. އަސްލު ޑިވައިސް ނޫން އިތުރު ހަތަރު ޑިވައިސް ލިންކް ކުރެވޭނެ އެވެ. އެ ފޯނުތައް އެކަކު އަނެކަށް ފޮނުވާ މެސެޖްތައް ހުރިހާ ފޯނަކަށް ވެސް އަޕްޑޭޓް ވަމުން ދާނެއެވެ. އެހެން ނަމަވެސް ފުރަތަމަ އެކްޓިވޭޓް ކުރާ ފޯނަށް އަނެއް 3 ފޯނުން ވަޓްސްއެޕް ފުހެލުމުގެ ބާރު އޮންނާނެއެވެ.
މިކަން ތަންފީޒުކުރާނެ ޝަރުތަކީ ޕްރައިމަރީ ޑިވައިސް އަށް އޭގެ ކޮންޓުރޯލް ދީފަ ބޭއްވުމެވެ. އެއީ ހަމަ ޔަގީނުންވެސް އާ ޑިވައިސްއަކަށް ލޮގިން ކުރާ ކޮންމެ ފަހަރަކު ކުރީގެ ޑިވައިސް ޑިއެކްޓިވޭޓް ކޮށްފައި ހުރުމަށް ވުރެ ރަނގަޅު ގޮތެކެވެ. އެއާއެކު އެކުންފުނިން އަންނަނީ އާ ލޮގިން އަލްޓަނޭޓިވްއެއް ވެސް ގެންނަމުން ކަމަށާއި، މިއީ އެއްފަހަރު ބޭނުންކުރާ ކޯޑަކަށް ފޯނު ނަންބަރު ޖަހައި، އިތުރު ޑިވައިސްތައް ލިންކް ކުރެވޭނެ ގޮތް ހެދުމެވެ. ވަޓްސްއެޕް އިން ފާހަގަކުރާ ގޮތުގައި މިހާރު ވެސް ދުނިޔޭގެ ފެންވަރުގައި މި އަޕްޑޭޓް ތައާރަފު ކުރަމުން އަންނައިރު، އެ އަޕްޑޭޓް ލިބޭނެ ގޮތް އެންމެންނަށް ވެސް "ކުރިއަށް އޮތް ހަފުތާތަކުގައި" ހަމަ ޖެހިގެން ދާނެއެވެ.