"ނޭޝަނަލް ޖޮބް ސެންޓަރު"ގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީގެ މަސައްކަތުގެ ދާއިރާގައި ހިމަނުއްވައި، އެކަން މަޖިލީހުން ފާސްކޮށްދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ގޮތަށް އެކަން މަޖިލީހުން މިއަދު ފާސްކޮށްދެއްވައިފިއެވެ.
ރައީސް ސޯލިހު، "ނޭޝަނަލް ޖޮބް ސެންޓަރު"ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފެއްދެވީ 27 ފެބްރުއަރީ 2023 ގައެވެ. ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން، އުފެއްދެވި އެ އިދާރާއަކީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ އިދާރާއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވައިފައެވެ.
ނޭޝަނަލް ޖޮބް ސެންޓަރު ގާއިމުކުރެއްވީ، ރާއްޖޭގައި ވަޒީފާ ހޯދަން ބޭނުންވާ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތައް ގުޅުވައިދިނުމަށާއި މަސައްކަތްކުރާ އުމުރުފުރައިގެ މީހުންނަށް ކުރެވެން ހުރި މަސައްކަތްތަކާއި އަދާކުރެވިދާނެ ވަޒީފާތައް ހިޔާރުކުރުމަށް ލަފަޔާއި އިރުޝާދު ދިނުމަށާއި ވަޒީފާގެ ބާޒާރާ ގުޅުންހުރި ދިރާސާކޮށް އެ ދިރާސާތަކުން ހޯދޭ މައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުމަށާއި ވަޒީފާއާ ގުޅުންހުރި ސިޔާސަތުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަންފީޒު ކުރުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު