ޚަބަރު

ސްޓެލްކޯގެ ހިދުމަތް އިތުރަށް ފުރިހަމަކުރަން ހާއްސަ ޓީމެއް އެކުލަވާލައި، މަސައްކަތް ފަށައިފި

ސްޓެލްކޯ އިން ދެމުގެންދާ ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް ހަރުދަނާ ކުރުމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފުގެ ބެއްލެވުމުގެ ދަށުން ހާއްސަ ޓީމެއް މިއަދު އެކުލަވާލައިފިއެވެ.

ސްޓެލްކޯ އިން މިއަދު ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނީ، ހޫނު މޫސުމާ ގުޅިގެން، ރެކޯޑް އަދަދަކަށް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެފައިވާތީ، އެ ކުންފުނިން ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތަކަށް މެދުނުކެނޑި ފޯރުވައިދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެކުލަވާލި އެ ޓީމުގެ މަސައްކަތްތައް މިއަދު ފަށާފައިވާ ކަމަށެވެ.

ސްޓެލްކޯ އިން ހާއްސަ ޓީމެއް އެކުލަވާލި އިރު، މި ދުވަސްވަރަކީ އާދަޔާ ހިލާފަށް ހޫނުގަދަވެ، ރެކޯޑް މިންވަރަކަށް ކަރަންޓު އުފައްދަންޖެހިފައިވާ ދުވަސްވަރަކަށްވުމުން މޫސުމާއި ކަރަންޓު ބިލްތަކަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން އާންމުން ހޭލުންތެރި ކުރުވަން އެ ކުންފުނިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.