މި އަހަރުގެ އެސްއެސްސީ އިމްތިހާނާއި އޯލެވެލް އިމްތިހާނު މިއަދު ފަށައިފިއެވެ.
މި އަހަރު އެސްއެސްސީ އިމްތިހާނުގައި 6،106 ދަރިވަރުން ބައިވެރިވެއެވެ. މިއީ ކުރީ އަހަރާ އަޅައި ބަލާއިރު 444 ދަރިވަރުން އިތުރު އަދަދެކެވެ. އަދި އޯލެވެލްގައި 6،698 ދަރިވަރުން ބައިވެރިވާ އިރު، މިއީ ކުރީ އަހަރާ އަޅައި ބަލާއިރު 759 އިތުރު އަދަދެކެވެ. މިއަހަރު 245 ސެންޓަރުގައި އިމްތިހާނު ހަދާނެއެވެ.
މިއަދު ހެނދުނު 9:00 ގައި އެސްއެސްސީ އަދި އޯލެވެލް އިމްތިހާނު ފެށިއިރު، މިއަދު އޮތީ އިސްލާމިކް ސްޓަޑީޒްގެ ޕޭޕަރު އެކެކެވެ.
މިއަހަރުގެ އޯ ލެވެލް އިމްތިހާނު ނިމޭނީ ޖޫން މަހުގެ އަށް ވަނަ ދުވަހުއެވެ.
ކޮވިޑުގެ ބަލިމަޑުކަމުގެ ކުރިން ރާއްޖޭގައި އޯލެވެލް އިމްތިހާނު ބާއްވަމުން އައީ އޮކްޓޯބަރު/ނޮވެމްބަރުގައެވެ. ނަމަވެސް ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ސަރުކާރުން އަލަށް އަމަލުކުރަން ފެށި ސިޔާސަތުގެ ދަށުން ދިރާސީ އަހަރުގެ ކިޔެވުން ވަނީ އަހަރުގެ މެދަށް ބަދަލުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު