އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444 ގައި މިރޭ ކުޅެން އޮތް މެޗުތައް، މޫސުން ގޯސްވުމުގެ ސަބަބުން މާދަމާ ރެއަށް ފަސްކޮށްފިއެވެ.
މި ފަހަރުގެ މުބާރާތުގައި ޖުމުލަ 34 ޓީމަކުން ވާދަކުރަމުންދާ އިރު، މިރޭ ކުޅެން އޮތީ ފުރަތަމަ ބުރުގެ ފަހު މެޗުތަކާއި ގަދަ 16 ގެ ފުރަތަމަ މެޗުތަކެވެ.
މިދިޔަ 25 އަހަރުވެސް ބައިބަލާ މުބާރާތް ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، މި އަހަރުގެ މުބާރާތް އިތުރަށް ފޯރިގަދަވާނެ ގޮތަކަށް ރާވައި އިންތިޒާމުކުރުމަށް ބައިބަލާ އެސޯސިއޭޝަނުން ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. މިދިޔަ އަހަރުތަކާ ހިލާފަށް މި އަހަރުގެ މުބާރާތް ބާއްވަމުން ދަނީ ހުޅުމާލޭގައެވެ. އެއީ ބައިބަލާއަށް އައި ބޮޑު ބަދަލެކެވެ. މިދިޔަ 25 އަކަށް އަހަރު ދުވަހު ބައިބަލާ މުބާރާތް އަބަދުވެސް ބާއްވަމުން އަންނަނީ މާލޭގައެވެ.
މިފަހަރު ބައިބަލާ މައިދާންވެސް ޒަމާނީ ފެންވަރަކަށް ތައްޔާރުކޮށްފައިވާ އިރު، މިދިޔަ ދެ ރޭގައިވެސް ފޯރިގަދަ މެޗުތަކެއް ފެނިގެން ގޮސްފައިވެއެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގައި މުބާރާތް ކުރިއަށްދާ އިރު، ޓައިޓަލް ސްޕޮންސަރަކީ އެމްޓީސީސީއެވެ. އޮފިޝަލް ޕާޓްނަރަކީ އާބަންކޯއެވެ. އޭގެ އިތުރުން އެސްޓީއޯ އާއި އެފްއެސްއެމް އަދި އޮބިއަންއަކީވެސް މުބާރާތުގެ ޕާޓްނަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކެވެ.
މެޗު 15: ހުޅުމާލެ ޔުނައިޓެޑް - ލޮރެންޒޯ ސްޕޯޓްސް (21:00)
މެޗު 9: ޔުނައިޓެޑް އީސްޓް ކޯސްޓް - ހައްހާ ވީކޭ (21:30)
މެޗު 10: ޓީސީ ސްޕޯޓްސް - ދަ ވަން ސްޕޯޓްސް (22:00)
މެޗު 11: އެމްސީ ސްޕޯޓްސް - ޓީސީ ކްލަސިކް (22:30)
ގަދަ 16 ގެ މެޗުތައް:
ކްލަބު އެސްޑީޒެޑް - ބްރަދަހޫޑް ސްޕޯޓްސް ކްލަބު (23:00)
ކްލަބު ޓީނޭޖު - މަސްއޮޑި ވޯވޯ (23:30)
ބައިބަލާ
ބައިބަލާ
ބައިބަލާ
ބައިބަލާ