ހދ. ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއު ނިންމާލައިފިއެވެ.

އެ މަސައްކަތް ކުރި އެމްޓީސީސީން ބުނީ، އެ މަޝްރޫއުގެ ދަށުން ހަނިމާދޫގައި 44،296.90 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކޮށް، 18،871.16 އަކަ މީޓަރުގެ ހިނގާ ސަރަހައްދެއް ގާއިމްކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ފެން ހިންދާ ނިޒާމަކާއި ސާވިސް ލައިން އެޅުމާއި ޑްރެއިނޭޖެއް ބެހެއްޓުމާއި 20،774.86 މީޓަރުގެ ސަރަހައްދެއްގައި މަގުމަތީގެ ނިޝާން ހަރުކުރުމުގެ މަސައްކަތް ނިންމާލައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.

މި މަޝްރޫއަކީ 28.90 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް އެ ކުންފުނިން ފެށީ ޖޫން 2019 ގައެވެ.