ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް މެންބަރަކު އައްޔަނުކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން ބޯޑަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޔަނުކުރެއްވީ، މ. ލޭންޑްއޮފްގާޑްން، ފާތިމަތު ޝިރުވީނެވެ. އޭނާ އެ މަގާމަށް އައްޔަނުކުރެއްވީ ގާނޫނީ ދާއިރާއިންނެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުގެ މެމްބަރަކަށް އައްޔަންކުރެއްވުމާ ހަމައަށް ޝިރުވީން މަސައްކަތްކުރައްވަމުން ދިޔައީ އެޓަނީ ޖެނެރަލްގެ އޮފީހުގެ ސްޓޭޓް ކައުންސިލްގެ ގޮތުގައެވެ. އަދި މިހާރުވެސް ޝިރުވީން އަކީ ފެމެލީ ލީގަލް ކްލިނިކް (އެންޖީއޯ) ގެ އެގްޒެކެޓިވް ކޮމިޓީ މެންބަރެކެވެ.

ޝިރުވީންއަކީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ކެމްބްރިޖުން މާސްޓާސް އޮފް ލޯ ހާސިލްކުރައްވާފައިވާ ބޭކަނބަލެކެވެ.