ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން އިއްޔެ ބުނީ، ސައުތް ޕޮލިސް ޑިވިޝަން (ގދ. އަތޮޅު، އައްޑޫ ސިޓީ ފުވައްމުލައް ސިޓީ) ގެ އަތޮޅެއްގައި 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާ މައްސަލައެއް ހޮނިހިރު ދުވަހުގެ ރޭ 11:02 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 63 އަހަރުގެ ދިވެހި ފިރިހެނަކު ރޭ ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން އޭގެ ފަހުން ބުނީ، މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 25 އަހަރުގެ ދިވެހި ފިރިހެނަކުވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު