ފިތުރު އީދު ފާހަގަކުރުމުގެ ގޮތުން ދިރާގުން މިއަދު ކުރިއަށް ގެންދިޔަ ދިރާގު އީދު ބޯކިބާ އަދި ދިރާގު އީދު ހަދިޔާއަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.
ހެނދުނުގެ ނާސްތާއެއްގެ ގޮތުގައި ދިރާގު އީދު ބޯކިބާ ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ މާލޭ އާޓިފިޝަލް ބީޗް އަދި ހުޅުމާލެ ސިންތެޓިކް ޓްރެކުގައެވެ. މިއީ މާލޭގައި މާލެ ސިޓީ ކައުންސިލް އަދި ހުޅުމާލޭގައި އާބަންކޯއާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މީގެ އިތުރުން އެހެން އަހަރުތަކެކޭ އެއްގޮތަށް ދިރާގުން ވަނީ ކުޑަ ކުދިންނަށް އަމާޒުކޮށް ދިރާގު އީދު ހަދިޔާ ގިފްޓް ޕެކްވެސް އީދު ނަމާދަށް ފަހު ބަހާފައެވެ. އެގޮތުން މާލެއާއި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ހަރަކާތް ކުރިއަށް ގެންދިޔައެވެ.
ދިރާގުގެ އެސިސްޓެންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދު ވިދާޅުވީ 1444ވަނަ އަހަރުގެ ފިތުރު އީދު ފާހަގަކުރުމަށް ދިރާގުން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި ގިނަ ބަޔަކު ބައިވެރިވެ ޝާމިލުވުމަކީ އެ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"މިފަދަ އިޖުތިމާއީ ހަރަކާތްތަކުގެ ޒަރިއްޔާއިން އޯގާތެރިކަން ފެތުރުމާއި އިޖުތިމާއީ ރޫހު އެކި ފަރާތްތަކުގެ މެދުގައި އާލާކުރުމަކީ ދިރާގުން އަބަދުވެސް ހާއްސަ ސަމާލުކަންދޭ ކަމެއް،" ޖައިޝާން ވިދާޅުވިއެވެ.
ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އާންމުންނަށް ތަފާތު ގިނަ އިޖުތިމާއީ ހަރަކާތްތައް ގެނެސްދީ އެ ފަރާތްތަކުގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ މުއްސަނދި ކޮށްދިނުމަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު