ފިތުރު އީދު ދުވަހުގެ ސުފުރާމަތީގެ ފޮޓޯ ހިއްސާކޮށްގެން ފައިސާގެ އިނާމު ލިބޭ ޕްރޮމޯޝަނެއް ސްޓެލްކޯ އިން ފަށައިފިއެވެ.
''ސްޓެލްކޯ އީދު މަލާފަތް ޕްރޮމޯޝަން''ގެ ނަމުގައި މިއަދު އެކަނި ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގެ ދަށުން ސުފުރާމަތީގެ ފޮޓޯ ހިއްސާކުރަން ޖެހެނީ ފޭސްބުކަށެވެ. ފޮޓޯ ހިއްސާކުރާ އިރު، ޕްރައިވެސީ ސެޓިން ''ޕަބްލިކް'' އަށް ބަދަލުކޮށް، #stelcoeidmalaafaiy ހޭޝްޓެގް ބޭނުން ކުރަންޖެހެއެވެ.
މިރޭ 11:59 އާ ހަމައަށް ފޮޓޯ ފޭސްބުކަށް ހިއްސާކުރެވޭ އިރު، ފައިސާގެ އިނާމު ލިބޭނީ އެންމެ ގިނަ ފޭސްބުކް ލައިކް އަދި ޝެއާ ލިބޭ ފޮޓޯއަށެވެ. ވަނަތަކަށް ދާ މީހުންނަށް ކަނޑައަޅާފައިވާ ފައިސާގެ އިނާމު:
- 1 ވަނައަށް ދާ މީހަކަށް: 5،000 ރުފިޔާ
- 2 ވަނައަށް ދާ މީހަކަށް: 3،000 ރުފިޔާ
- 3 ވަނައަށް ދާ މީހަކަށް: 2،000 ރުފިޔާ
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު