އީދު ނަމާދަށް ފަހު އާއިލާ އާއެކު އީދު ބޯކިބާ ކެއުމަށް ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮންނަ އާދަކާދަ އާދަކާދަ ދިރުވާ އާލާކުރުމުގެ ގޮތުންނާއި އީދު ބޯކިބާ ގިނަ އަދަދެއްގެ މީހުންނަށް ދިނުމުގެ ގޮތުން މިއަހަރު 'ދިރާގު އީދު ބޯކިބާ' ނާސްތާއެއް ބޭއްވުމަށް އެ ކުންފުނިން ނިންމައިފި އެވެ.
މި އީދު ސައި ކުރިއަށް ދާނީ މާލެ އާޓިފިޝަލް ބީޗާއި ހުޅުމާލެ ސިންތެޓިކް ޓްރެކުގައެވެ. މާލޭގެ އިވެންޓް ކުރިއަށް ދާނީ މާލެ ސިޓީ ކައުންސިލާ ގުޅިގެންނެވެ. އަދި ހުޅުމާލޭގެ އިވެންޓް ކުރިއަށް ދާނީ އާބަންކޯއާ ގުޅިގެންނެވެ.
"ދިރާގު އީދު ބޯކިބާ މި އަހަރުވެސް އާންމުންނާއި ހަމައަށް ގެނެސްދީ، ދިވެހިންގެ މި ރީތި އާދާ އިތުރަށް އާލާކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަދި މިފަދަ އިޖުތިމާއީ ހަރަކާތްތައް ހިންގާ ބޭއްވުމުގައި އަޅުގަނޑުމެންގެ ޕާޓްނަރުން، މާލެ ސިޓީ ކައުންސިލާއި އާބަންކޯއިން އަބަދުވެސް ދެއްވަމުންދާ އެއްބާރުލުން ފާހަގަކޮށް އެ ފަރާތްތަކަށް ހާއްސަ ޝުކުރެއް ދަންނަވަން،" ދިރާގުގެ އެސިސްޓެންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދު ވިދާޅުވި އެވެ.
ދިރާގުން ބުނީ، އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރާނީ އާންމުންނަށް ތަފާތު ގިނަ އިޖުތިމާއީ ހަރަކާތްތައް ގެނެސްދީ އެ ފަރާތްތަކުގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ މުއްސަނދި ކޮށްދިނުމަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު