އީދު ދުވަހު މާލެއިން ވިލިމާލެ އާއި ހުޅުމާލެ އަދި ތިލަފުއްޓަށް ކުރާ ފެރީ ދަތުރުތަކުގެ ޝެޑިއުލަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން މިއަދު ބުނީ އީދު ދުވަހު އީދު ނަމާދާ ގުޅިގެން ވިލިމާލެއަށާއި ހުޅުމާލެއަށް ދަތުރުކުރާ ފެރީތައް ދޮޅު ގަޑިއިރަށް ހުއްޓާލާނެ ކަމަށެވެ.
އެގޮތުން އީދު ދުވަހުގެ ހެނދުނު 7:00 އިން 8:30 އަށް ވިލިމާލެ ފެރީ ނޯންނާނެ ކަމަށާއި އެ ގަޑިތަކުގައި ހުޅުމާލެ ދަތުރުކުރާ ޕްރިމިިއަމް ފެރީވެސް ނޯންނާނެ ކަމަށް އެކުންފުނިން ބުންޏެވެ.
އޭގެ އިތުރުން ތިލަފުށި ފެރީގެ ޝެޑިއުލަށް ބަދަލުތަކެއް ގެނެސްފައިވާކަން އިއުލާންކުރަމުން އެމްޓީސީސީން ބުނީ އީދު ދުވަހު މާލެއިން ތިލަފުއްޓަށް ފުރަތަމަ ފެރީ އޮންނާނީ ހެނދުނު 8:30 ގައި ކަމަށެވެ. އަދި ތިލަފުށިން މާލެ އަންނަ ފެރީގެ ފުރަތަމަ ދަތުރު އޮންނާނީ 9:00 ގައި ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު