މިއަހަރުގެ ރަމަޟާން މަހުގެ "ބޮޑު ހަދިޔާ" ކެމްޕެއިންގެ ބޯނަސް ހަދިޔާއެއްގެ ގޮތުގައި ދިރާގުގެ ނަސީބުވެރި އެއް ކަސްޓަމަރަކަށް ދެ މީހުންގެ ހިލޭ އުމްރާ ދަތުރެއް ލިބިގެންދާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.
ދިރާގުން މިއަދު ބުނީ މި ގުރުއަތުގައި ދިރާގުގެ ހުރިހާ އެކްޓިވް ކަސްޓަމަރުންނަށްވެސް އިތުރު އެއްވެސް މަސައްކަތަކާ ނުލައި ބައިވެރިވޭނެ ކަމަށެވެ. އެގޮތުން ދިރާގު ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، މޮބައިލް ބްރޯޑްބޭންޑް އަދި ފައިބަ ބްރޯޑްބޭންޑް ބޭނުންކުރާ އެކްޓިވް ކަސްޓަމަރުންނަށްވެސް މި އަގުހުރި އިނާމު ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށް ބުންޏެވެ.
އޭގެ އިތުރުން މި މަހު ދިރާގާ އަލަށް ގުޅޭ ކަސްޓަމަރުންނަށް ވެސް މި އިނާމު ގުރުއަތުގައި ބައިވެރިވެވޭނެ ކަމަށް ދިރާގުން ބުންޏެވެ.
"މި އުމްރާ ދަތުރާއެކު އަޅުގަނޑުމެންގެ އަމާޒަކީ މި ރަމަޟާން މަހު އަގުހުރި ހަދިޔާއަކާއެކު ކަސްޓަމަރުން އަޅުގަނޑުމެންނަށް ކުރާ އިތުބާރަށް ޝުކުރު ދެންނެވުން. މި ގުރުއަތުގެ ނަސީބުވެރިޔާ ހޮވާނީ ރަމަޟާން މަސް ނިމުމުން،" ދިރާގުގެ އެސިސްޓެންޓް މެނޭޖަރު، އެޑްވަޓައިޒިން ހަސަން ޝާރިހު އާދަމް ވިދާޅުވިއެވެ.
ދިރާގުން ކޮންމެ އަހަރަކުވެސް ދަނީ ކަސްޓަމަރުންނަށް ހާއްސަ އާ އޮފާތައް ގެނެސްދެމުންނެވެ.
ޚަބަރު
ޚަބަރު