ކޮންމެ އަހަރެއްގެވެސް އެޕްރީލް އަދި މެއި މަހަކީ އެންމެ ހޫނުގަދަ ދުވަސްތައްކަމަށްވުމުން، އެ ދުވަސްތަކުގައި ކަރަންޓު އިސްރާފުނުކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފިއެވެ.
ސްޓެލްކޯއިން އެގޮތަށް އެދިފައިވަނީ ކަސްޓަމަރުންނަށް މިއަދު ފޮނުވި މެސެޖެއްގައެވެ. އެ މެސެޖުގައި ބުނެފައިވަނީ ބޭނުންވާ ވަރަށް ވުރެ އިތުރަށް ކަރަންޓު ބޭނުން ނުކުރުމަށް އިލްތިމާސްކުރާ ކުރާ ކަމަށެވެ.
"ކޮންމެ އަހަރެއްގެވެސް އެޕްރީލް އަދި މެއި މަހަކީ އަހަރުގެ އެންމެ ހޫނުގަދަ ދުވަސްތައް ކަމަށްވުމާއެކު، މިދުވަސްވަރު ކަރަންޓު އިގުތިސޯދުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި، ކަރަންޓު އިސްރާފުވިޔަ ނުދީ ކޮންމެހެން ބޭނުންވާ މިންވަރަށް ބޭނުން ކުރުމަށް އިލްތިމާސްކުރަން" ސްޓެލްކޯއިން ބުންޏެވެ.
ކޮންމެ އަހަރެއްގެ ހޫނު ދުވަސްވަރު ކަރަންޓު ބިލު ބޮޑުވެއެވެ. އަދި އެކަމުގެ ޝަކުވާ ސްޓެލްކޯއަށް ވަރަށް ގިނަ ފަރާތްތަކުން ހުށަހަޅައެވެ.
ކަރަންޓު ބިލު ކުޑަކުރުމުގެ ގޮތުން ނުވަތަ ކަރަންޓު އިގުތިސޯދު ކުރުމުގެ ގޮތުން ކުރާނެ ކަންތައްތަކުގެ ތެރޭގައި އޭސީ 25 ގައި ބެހެއްޓުމާއި ފަންކާއާއި އޭސީ އެއްފަހަރާ ބޭނުން ނުކުރުން ހިމެނޭކަމަށް ސްޓެލްކޯއިން ވަނީ ކުރިން ބުނެފައެވެ.
މީގެ އިތުރުން ކަރަންޓު ސުވިޗުތައް ނިއްވާލާފައި ބެހެއްޓުން ވެސް ހިމެނޭކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު