ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ނިންމާލައިފިއެވެ.

ގުރައިދޫ ދާއިރާގެ ތިން ރަށް ކަމަށްވާ ގުރައިދޫ، މާފުށި އަދި ގުޅީގެ އިތުރުން މާލޭގެ އިއްޒުއްދީން ސްކޫލްގައި ވޯޓު ފޮށި ބަހައްޓާފައިވާ އިރު، ކުރިން ވޯޓުލުން ނިންމާލަން އޮތީ ހަވީރު 4:00 ޖަހާއިރަށެވެ. ނަމަވެސް ވާރޭ ވެހުމުން އިލެކްޝަންސް ކޮމިޝަނުން ވޯޓުލުން އިތުރު އެއް ގަޑިއިރަށް ދަންމާލިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި، ވޯޓު ގުނަން ހަމަޖެހިފައި އޮތީ ރޯދަ ވީއްލައިގެންނެވެ.

މިއަދުގެ އިންތިހާބުގައި ވާދަކުރެއްވީ ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ އިބްރާހިމް ޝާޒްއާއި އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ހުސެއިން ރިޒާ އާދަމްއާއި މޯލްޑިވްސް ނެޝަނަލް ޕާޓީގެ އަލީ އަރީފެވެ.

ގުރައިދޫ ދާއިރާގެ ގޮނޑިއަށް ތިން ކެނޑިޑޭޓަކު ކުރިމަތިލާފައިވެއެވެ. އެއީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ އިބްރާހިމް ޝާޒްއާއި އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ހުސެއިން ރިޒާ އާދަމްއާއި މޯލްޑިވްސް ނެޝަނަލް ޕާޓީގެ އަލީ އަރީފެވެ.

އެ އިންތިހާބުގައި 3423 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނެވެ. އެއީ ގުރައިދޫއިން 1394 މީހުންނާއި މާފުށިން 1366 މީހުންނާއި ގުޅިން 663 މީހުންނެވެ.

ގުރައިދޫ ދާއިރާގެ މަޖިލިސް އިންތިހާބު އަލުން އިލެކްޝަން ބާއްވަން ޖެހުނީ، އެދާއިރާގެ މެންބަރުކަމުގައި ހުންނެވި އިބްރާހީމް ރިޒާ، ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު އަވަހާރަވުމުންނެވެ.

ވޭތުވެދިޔަ 14 އަހަރުގެ ތެރޭގައި ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައިވަނީ ޕީޕީއެމުންނެވެ. އެގޮތުން 2019 ގައި ބޭއްވި އިންތިހާބުގައި ރިޒާ ގޮނޑި ކާމިޔާބުކުރެއްވީ 47 ޕަސެންޓުންނެވެ. އަދި އެމްޑީޕީގެ ކެނޑިޑޭޓަށްށް ލިބުނީ 41 ޕަސެންޓް ވޯޓެވެ.