ގއ. ވިލިނގިލީ ބަނދަރު ހެދުމުގެ ތިންވަނަ ފިޔަވަހީގެ ދަށުން އާ ހާބަރު ފުންކުރުމުގެ 50 ޕަސަންޓަށްވުރެ ބޮޑު މަސައްކަތެއް ނިންމާލައިފިއެވެ.
އެމްޓީސީސީން މިއަދު ބުނީ ވިލިނގިލި ބަނދަރު ހެދުމުގެ ތަރައްގީކުރުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ތިންވަނަ ޝިޕްމަންޓް ވަނީ މަސައްކަތް ކުރާ ސައިޓަށް ގެންގޮސްފައި ކަމަށާއި މަޝްރޫއުގެ 54 ޕަސަންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ.
ވިލިނގިލީ ބަނދަރު މަޝްރޫއުގެ ދަށުން 59,536.80 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބަރު ބޭސިން ފުންކުރުމާއި 275 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި 613 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 105 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުން އަދި 685 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ.
ޖުމުލަ 107.86 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު