ރޯދަމަހުގެ މިހާތަނަށް އައިއިރު ގިނަ ބަޔަކު ތިބޭނީ މާލޭގެ އެކި އެކި މާހައުލުތަކުން ރޯދަވީއްލުންތަކަށް އިންސާފުކޮށްގެންކަން ކަށަވަރެވެ. ރޯދަ ވީއްލާ ގަޑިއަށް ބުފޭ މޭޒުގެ ބޮޑު ކިޔުގައި ޖެހި އެތައް އިރަކު ކޮޅަށް ތިބޭން ޖެހުނަސް އެފަދަ ރޯދަ ވީއްލުމަކަށް ނުދާ މީހަކު މަދުވާނެ އެވެ.
ނަމަވެސް ހަލަބޮލި މި މާލެތެރެއިން ހިމޭން މާހައުލަކުން އާއިލާއާ އެކީ ހަމަޖެހިލައިގެން ތިބެ ރޯދަވީއްލުމަށް ސޮމާސެޓް ބެލެ އާމީ ބިސްޓްރޯ ވަރެއް ނެތެވެ. މިއީ މަޑުމައިތިރި އަދި ބައިބޯ ނޫން މާހައުލަކުން މީރު ރޯދަވީއްލުމަކަށް ދާން އެންމެ ރަނގަޅު އެއް ޗޮއިހެވެ.
މި ރެސްޓޯރަންޓުގެ އިފްތާރް މެނޫއާއި ޝެފުންގެ ކޮލިޓީއާ މެދު ސުވާލެއް ނުއުުފެދޭހާ ކާތަކެތި މީރެވެ. ތަނުގެ މާހައުލު އެހާ ސާފުތާހިރުވެފައި ރީއްޗެވެ. މަރުހަބާގެ ހިނިތުންވުމާއެކު ވެއިޓަރުން އެ ދޭ ހިދުމަތްވެސް އެހާމެ ފުރިހަމަ އެވެ.
ދެން އޮތީ މެނޫގެ ވާހަކައެވެ. ބެލެ އާމީ ބިސްޓްރޯގެ އިފްތާރު މެނޫ ހަދާފައި ވަނީ ދިވެހި ރަހަތަކާއި އެކި އެކި ގައުމުތަކުގެ ރަހަތައް އެއްކޮށްގެންނެވެ. މަސްހުނިތަކުން ފެށިގެން ގޮސް އިންޑިއަން ފުޑްގެ ރަހަތަކާއި ތައި ފުޑްގެ ރަހަތަށްވެސް ލިބޭނެ އެވެ. ފްރެޝް ޖޫހާއި ހެދިކާވެސް ހިމެނެއެވެ.
މި ރެސްޓޯރަންޓުން ރޯދަވީއްލަން ބޭނުން ނަމަ ކުރީބައިގައި ގުޅައި ބުކިން ހަދަންޖެހެއެވެ. ރޯދަވީއްލުމުގެ އަގަކީ މީހަކަށް 400ރ އެވެ. ހަ އަހަރު ނުވާ ކުޑަކުދިންނަށް ހިލޭ އަދި ހަ އަހަރާއި 11 އަހަރުގެ ކުދިންނަށް 50 ޕަސެންޓް ޑިސްކައުންޓް ލިބޭނެ އެވެ. އޭގެ އިތުރުން 10 މީހުންގެ ގްރޫޕަކުން ބުކިން ހަދާނަމަ 10 ޕަސެންޓުގެ ޑިސްކައުންޓުވެސް ލިބޭނެ އެވެ.
ރޯދަ 2023
ރޯދަ 2023
ރޯދަ 2023
ރޯދަ 2023