Close
ޚަބަރު

އުރީދޫ ހަދިޔާ ފޮށީގެ ސައިކަލު ހަވާލުކޮށްފި

މުހައްމަދު އިޝާން

މިދިޔަ ރޯދަ މަހު އުރީދޫ މޯލްޑިވްސްއިން ކުރިއަށްގެންދިޔަ ހަދިޔާ ފޮށި ޕްރޮމޯޝަންގެ އެންމެ އަގުހުރި އިނާމު، ހޮންޑާ ސްކޫޕީ ސައިކަލުގެ ނަސީބުވެރި ފަރާތާ ސައިކަލު މިއަދު ހަވާލުކޮށްފިއެވެ.

ބްރިޖު ވިއުވިން ޕެލެޓްފޯމްގައި އުރީދޫން މިއަދު ބޭއްވި ހަފުލާއެއްގައި ނަސީބުވެރި ފަރާތަށް ސައިކަލު ހަވާލުކޮށްދެއްވީ އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީއެވެ. ނަސީބުވެރި ފަރާތަށް ސައިކަލު ހަވާލުކުރުމުގެ އިތުރުން އެ ހަފުލާގައި ހަދިޔާ ފޮށީގެ ތީމާ އެއްގޮތަށް ސްޕިން ދަ ވީލް ގޭމެއްގައި ބައިވެރިވެގެން އިތުރު ހަދިޔާތައް ހޯދުމުގެ ފުރުސަތު އެ ސަރަހައްދުގައި ތިބި ފަރާތްތަކަށް ވަނީ ދީފައެވެ.

އެ ހަފުލާގައ ވާހަކަދައްކަވަމުން ހާލިދު އަލް ހަމާދީ ވިދާޅުވީ މިދިޔަ ރޯދަ މަހު ކަސްޓަމަރުންގެ އަގު ވަޒަންކުރުމުގެ ގޮތުން ކޮންމެ ދުވަހަކު ކަސްޓަމަރުންނަށް ހަދިޔާއެއް ދެވުމަކީ ލިބިގެންދިޔަ އުފަލެއް ކަމަށެވެ.

"ހަދިޔާ ފޮށިން އަގުހުރި އިނާމުތައް ލިބިވަޑައިގެންނެވި ނަސީބުވެރި ފަރާތްތަކަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވަން. މި ދެވުނު ހަދިޔާތަކަކީ ކަސްޓަމަރުންނަށް ކަމުދިޔަ ހަދިޔާތަކެއް ކަމަށް އެއްމީދުކުރަން. އަދި ކުރިއަށް އޮތް ތަނުގައިވެސް މިފަދަ މަޖާ އަދި އަގުހުރި ޕްރޮމޯޝަންތަކާއެކު ކަސްޓަމަރުންނަށް ފައިދާ ހުރި އެތައް ހިދުމަތެއް ފޯރުކޮށްދިނުމުގައި އަޅުގަނޑުމެން ދެމިތިބޭނެ ކަމުގެ ޔަގީންކަން އަރުވަން،" އޭނާ ވިދާޅުވިއެވެ.

އުރީދޫގެ "ހަދިޔާ ފޮށި" ގޭމަކީ އުރީދޫ އެޕް މެދުވެރިކޮށް ރޯދަމަސް ނިމެންދެން ބޭއްވި ޕްރޮމޯޝަނެކެވެ. އެ ޕްރޮމޯޝަންގެ ދަށުން އުރީދޫ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ސުޕަނެޓްގެ ހުރިހާ ކަސްޓަމަރުންނަށް ރޯދަމަހު ކޮންމެ ދުވަހަކު އަގުހުރި ހަދިޔާތަކެއް ހޯދުމުގެ ފުރުސަތު އުރީދޫން ވަނީ ފަހިކޮށްދީފައެވެ.

އެ ޕްރޮމޯޝަންގައި އެއް ޓީބީއާ ހަމައަށް ހިލޭ ޑޭޓާ، ސްކޫޕީ ސައިކަލު، އައިޕޯން، ސޯފާ، ސްމާޓް ޓީވީ، ލެޕްޓޮޕް، ހޯމްޕޮޑް މިނީ، ބަދިގެއަށް ބޭނުންވާ ސާމާނު ފަދަ އަގުހުރި ހަދިޔާތައް އުރީދޫން ވަނީ ހިމަނައިފައެެވެ.

ކޮންމެ ދުވަހަކު އެއް ފަހަރު ކުޅެވޭ ހާދިޔާ ފޮށި ގޭމުން ކޮންމެ ދުވަހަކު ކަސްޓަމަރުންނަށް ހަދިޔާ ލިބިފައިވާ އިރު، އުރީދޫގެ ކަސްޓަމަރުންގެ ތެރެއިން 75 ޕަސަންޓަށްވުރެ ގިނަ ކަސްޓަމަރުން ވަނީ އެ ގޭމު ކުޅެފައެވެ.

ހަދިޔާ ފޮށި ކުޅެގެން އަގުހުރި އިނާމުތައް ހޯދި ފަރާތްތަކާ އިނާމުތައް އުރީދޫން ވަނީ ރޯދަ މަހުވެސް ހަވާލުކޮށްފައެވެ. އޭގެ ފަހުން އީދަށް ފަހު އުރީދޫގެ ހެޑް އޮފީހުގައި ބޭއްވި ހާއްސަ ހަފުލާއެއްގައި ވަނީ ކަސްޓަމަރުންނަށް ހަވާލުނުކުރެވި ހުރި ހަދިޔާތައް ހަވާލުކޮށްފައެވެ.