Close
ރިޕޯޓް

މި ފަހަރު އީދުގައި ރަށަށް ދާން ހާސްވާނެ ކަމެއްނެތް، ކޮކާކޯލާއިން މިއޮތީ ފުރުސަތު ހުޅުވާލައިފައި

ޒަމާނުއްސުރެ އީދުގެ މަޖާ ހަރަކާތްތައް ބޮޑަށް ކުރިޔަށްދަނީ މާލެއަށްވުރެ ބޮޑަށް އަތޮޅު ތެރޭގައެވެ. މާލެއަށްވުރެ ބޮޑަށް އީދު މަޖާގެ ފޯރި ނަގަނީވެސް ރަށްރަށުގަ އެވެ. އީދެއް އައިސްގެން އުޅޭކަމުގެ މާބޮޑު އިހުސާސެއް މާލޭގައި އުޅޭ މީހަކަށް ނުކުރެވެއެވެ. އީދުގެ މަޖާގަނޑު ނަގަން ބޭނުންނަމަ ޖެހޭނީ މާލޭން ފުރައި ކޮންމެވެސް ތާކަށް ދާށެވެ. އީދުގައި ރަށަށް ދިއުމުން އާއިލާއާއި ރަހުމަތްތެރިންނާއެކު ދުވަސްކޮޅެއް ހޭދަކޮށްލުމުގެ ހިތްހަމެޖުހުންވެސް ލިބި ނެގޭ ފޯރި ބޮޑުވެ އެވެ. އަދި އާއިލީ ގުޅުންވެސް ރަނގަޅުވެ އެވެ.

މި ސަބަބުތަކާ ހެދި އީދު ޗުއްޓީއަށް އަމިއްލަ ރަށަށް، އާއިލާ ކައިރިއަށް ޖައްސާލަން ބޭނުން ނުވާނެ މީހަކު މަދުވާނެ އެވެ. އާއިލާއާ އެކީ މިފަހަރުގެ އީދު ހޭދަކޮށް، ރަށުން އީދުމަޖަލުގެ ފޯރި އެންމެ ގަދަޔަށް ނަގަން ބޭނުންވާ ހުރިހާ ފަރާތްތަކަށް ކޮކާކޯލާއިން މިފަހަރު ވަނީ ވަރަށް ސަޅި ޕްރޮމޯޝަނެއް ފަށާފަ އެވެ. "ކޮކާކޯލާ ވަން ބިގް ފެމިލީ" ޕްރޮމޯޝަނަކީ އީދު ޗުއްޓީއަށް ރަށަށްދާން ބޭނުންވާ ފަރާތްތަކަށް އޮތް ރަނުގެ ފުރަސަތެކެވެ.

"ވަން ބިގް ފެމިލީ" ޕްރޮމޯޝަނާއެކު ރާއްޖޭގައި ކޮންމެ ތަނެއްގައި ހުއްޓަސް، އާއިލާއާ ގުޅުމުގެ ފުރުސަތު ކޮކާކޯލާއިން ވަނީ ހުޅުވއިލައިފަ އެވެ. މިމަހުގެ 19 ވަނަ ދުވަހާ ހަމަޔަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ޕްރޮމޯޝަނަކީ އާއިލާތައް އެކީގައި ވަގުތު ހޭދަކުރުމަށް ބާރުއަޅައި އެއްތަނަކަށް ގެނެސްދޭ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެކަމަށް ހާއްސަ އޮންލައިން ފޯމެއް ފުރާލުމުން ބައިވެރިވެވޭނެ އެވެ.

އެ ފޯމުގައި އެމީހެއްގެ އަމިއްލަ މައުލޫމާތާއި އީދު ޗުއްޓީއަށް ދާން ބޭނުންވާ ރަށުގެ މައުލޫމާތުގެ އިތުރުން އެ ބަޔަކާ އެކީ އީދު ޗުއްޓީ ހޭދަކުރަން ބޭނުންވާ އާއިލާގެ ފަސް މެންބަރެއްގެ މައުލޫމާތު ހިމަނައިލެވޭނެ އެވެ. ގުރުއަތުން ހޮވިއްޖެ ނަމަ، އީދު ޗުއްޓީއަށް ދާން އެދުނު ރަށަށް ފޮނުވައިދޭނެ އެވެ. ނުވަތަ އެ ފޯމުގައި ނަން ހިމަނާފައިވާ އާއިލާ މެންބަރުންނަށް ކޮކާކޯލާގެ ފަރާތުން ގިފްޓް ހެމްޕާސްވެސް ފޮނުވައިލެވޭނެ އެވެ.

ކޮކާކޯލާއިން ބުނި ގޮތުގައި ވޭތުވެދިޔަ އަހަރަކީ މަސައްކަތުގެ ސަބަބުންނާއި އަދިވެސް އެހެނިހެން ގޮންޖެހުންތަކުގެ ސަބަބުން ލޯބިވާ މީހުންނާއި އާއިލާއާ ދުރުގައި ގިނަބަޔަކު އުޅެން ޖެހުނު އުނދަގޫ އަހަރެކެވެ. މި މާތް ރޯދަމަހާއި ހާއްސަކޮށް އީދު ބަންދުގައި ލޯބިވާ މީހުންނާއެކު ވަގުތު ހޭދަކޮށްލެވުމުގެ އުފާ އެއްވެސް އެއްޗަކާ އަޅައިނުކިޔޭނެ ކަމަށާއި އެ ކުންފުނީގެ މަގުސަދަކީ މިފަހަރު އީދުބަންދުގައި އާއިލާ އެންމެން އެއްކޮށް ވަން ބިގް ފެމިލީގެ އުފާވެރިކަން ފާހަގަ ކުރުން ކަމަށް ބުންޏެވެ.

ޕްރޮމޯޝަނުގައި ޖުމުލަ ފަސް ނަސީބުވެރިޔަކު ހޮވުމަށް ހަމަޖެހިފައިވާއިރު ނަސީބުވެރިން ހޮވުމަށް ބާއްވާ ގުރުނެގުން އޮންނާނީ މިމަހުގެ 20 ވަނަ ދުވަހު އެވެ. ޕްރޮމޯޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި ލިންކަށް ފިއްތާލާ: https://onebigfamily.oneonline.mv