ހުޅުމާލޭ ފޭސް 2ގައި އިތުރު މިސްކިތެއް ހަދަން އިންޓަނޭޝަނަލް ޗެއިން މޯލްޑިވްސް (އައިސީއެމްޕީއެލް) ނަމަކަށް ކިޔާ ކުންފުންޏަކާ މިއަދު ހަވާލުކޮށްފިއެވެ.
އެކަމުގެ އެއްބަސްވުމުގައި އައިސީއެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޔާޒެވެ. އާބަންކޯގެ ފަރާތުން ސޮއިކުރެއްވީ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފުއެވެ.
މި އެއްބަސްވުމުގެ ދަށުން މިސްކިތް ހަދާނީ ހުޅުމާލޭ ފޭސް 2ގެ 11،643.74 އަކަފޫޓުގެ ބިމެއްގައެވެ. ތިން ފަންގިފިލާއަށް ހަދާ މި މިސްކިތަކީ 521 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
މި މިސްކިތަކީ ކޮންޓްރެކްޓާ ފައިނޭންސިންގެ ދަށުން ހަވާލުކުރި މަސައްކަތެއް ކަމެއް ނުވަތަ އާބަންކޯ އިން ފަންޑުކޮށްގެން ހަދާ މިސްކިތެއް ކަމެއް އެ ކޯޕަރޭޝަނަކުން ނުބުނެއެވެ.
ހުޅުމާލެ ފޭސް 2ގައި މިހާރުވެސް ވަގުތީ މިސްކިތެއްގެ އިތުރުން ދާއިމީ މިސްކިތެއް ހުރެއެވެ.
އާބަންކޯ އިން ބުނީ، ހުޅުމާލޭ ފޭސް 2ގައި އަލަށް މީހުން އާބާދު ވެގެން އަންނަ އިރު، ބޭނުންވާނެ މިސްކިތްތައް ހެދުމުގެ ތެރެއިން، މިއަދު ސޮއިކުރި މިސްކިތް ހިމަނައިގެން ޖުމުލަ ހަތް މިސްކިތެއްގެ މަސައްކަތް މިހާރު ހަވާލުކޮށް، ގިނަ މިސްކިތްތަކުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު